ކެލާ އައު ސިއްޙީމަރުކަޒާއި ހެލްތު ފެސިލިޓީ އާއިއެކު އަންހެނުންގެ ޙާއްސަ ޑޮކްޓަރު އަދި ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދުމަތް ލިބިގެންދާނެކަމަށް ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ޙުސައިން ޙަމީދު ވިދާޅުވެއްޖެ އެވެ.
ޙުސައިން ޙަމީދު މިހެން ވިދާޅުވީ ރޭ ކެލާގައި އެމްޑީޕީންބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަދައްކަމުން ނެވެ.
އަދި މާތް ﷲ ވާގިފުޅާއެކު ކެލާ އައު ސިއްޙީމަރުކަޒާއި ހެލްތު ފެސިލިޓީގެ ހިދުމަތާއެކު އަންހެނުންގެ ހާއްސަޑޮކްޓަރު އަދި ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި ހަމަމިޔާއިއެކު ސްކޭން އަދި އެކްސްރޭގެ ހިދުމަތް ފެށިގެންދާނެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޙުސައިން ޙަމީދު ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ޙަމީދު އިތުރަށް ވިދާޅުވީ ކެލާގެ ތަރައްޤީއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ މާލެއަށް ހިޖުރަކުރާ އަދަދު އިތުރުވުންކަމަށާއި އޭލެވެލްއަށް ކެލާގައި ކިޔަވައިދިނުމަށް ދެފަހަރަކު ފަށާފައިވެސް ހުއްޓާލަންޖެހުނީ ކުދިން މަދުވެންކަމަށެވެ.
ކެލާގައިފަށާ ޕުރޮޖެއްޓްތަކުން ވަޒީފާއިތުރުވެ ދިރިއުޅޭއަބާދީ އިތުރުވެ އެކަންކަން ހައްލުވާނެކަމަށެވެ.
އަދި މިޖަލްސާގައި ވާހަކަދައްކަމުން މިހާރުގެ ކެލާ ކައުންސިލްގެ ރައީސް އަދި ކެލާ ރަށު ކައުންސިލަށް ވާދަކުރައްވާ އާދަމް ޣުފްރާން ވިދާޅުވީ ކެލާ ތުނޑި ރިސޯޓް އަދި ގެސްޓްހައުސްތައް ހުޅުވި ހިންގަންފެށުމުން 1000 އަށްވުރެ ގިނަވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަމަށާއި އޭގެތެރޭގައި ގިނަފުރުސަތު ކެލާގެ ދަރީންނަށް ލިބޭނެކަމުގައި ޔަގީންކުރާކަމަށެވެ.
މިދައްކަނީ ކެލާއިން މިދެންނެވި ވަޒީފާތަކަށް 6 މަސްދުވަހަށް ބެލިޔަސް 86,640,000 ރުފިޔާ މުސާރާގެ ގޮތުގައި ރަށުތެރޭ އެބުރޭނެ
އާދަމް ޣުފްރާން ވިދާޅުވި އެވެ.

ކެލާ ތަރައްޤީގެ އުއްމީދުގެ އަލިކަން ދިއްލިފައިމިވަނީ ކޯލިޝަން ސަރުގައިކަމަށާއި އެމްްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމައް އެދޭކަމަށެވެ. ކެލާ ޒުވާނުންގެ އުންމީދުތައް ތަސައްވަރުތައް ގުޅިފައިމިވަނީ ސަރުކާރު ތަމްސީލުކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!