ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ލޯކަލް ކައިންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ވޯޓުލުން ފެށީ މިއަދު ހެނދުނު 7:00އިން ނެވެ. ބައެއް ވޯޓު މަރުކަޒުތަކުގައި ދިމާވި ކުދިކުދި މައްސަލަތަކާހެދި ވޯޓުލުން ފެށުން ކޮންމެވެސްވަރަކަށް ލަސްވިނަމަވެސް އަމާންކަމާއެކު ވޯޓުލުންވަނީ ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ދިވެހިން ދިރިއުޅޭ ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކައުގައިވެސް މިއިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީ ލަންކާގައެވެ.
މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރަން ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.
މިފަހަރުގެ އިންތިޚާބުގެ ވޯޓުލުމާއި އެންމެހައި ކަންކަން ކުރިއަށްގެންދަނީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ޚާއްސަ އިންތިޒާމުތަކެއްގެ ތެރެއިންނެވެ.
މިއަދުގެ ވޯޓަކީ ރާއްޖޭގެ ތާރީހުގައި މީގެ ކުރިން ނުލިބޭ ވަރުގެ ބާރުތަކެއް ކައުންސިލްތަކަށް ލިބޭނެ އިންތިހާބެކެވެ.
މީގެ ކުރިން ކައުންސިލްތަކުން ރަށްރަށާއި އަތޮޅުތައް ހިންގި އިރު ނުލިބޭ ވަރުގެ ބޮޑެތި އިގްތިސާދީ އަދި އިޖުތިމާއީ ބާރުތަކެއް ކައުންސިލްތަކަށް މިފަހަރު ލިބޭނެ އެވެ. އޭގެ ތެރޭގައި ވިޔަފާރި ކުރުމާއި ކައުންސިލްތަކަށް ލިބޭ އާންމު ބާރުތަކެއް ހިމެނެ އެވެ.
އެހެން އިންތިހާބުތަކާ ހިލާފަށް މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލުމުގައި ހުންނަ ފޯރިއެއް ނުފެނެއެވެ.
ބައެއް ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައިވާ ފޮށިތަކުގައި ވޯޓުލާނެ ބަޔަކު ނެތިގެން އަދިވެސް ވޯޓުލާން ނުފެށޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްވަނީ ވިދާޅުވެފަ އެވެ.
ބައެއް ފޮށިތަކުގައި ވޯޓް ލާނެ ބަޔަކު ނެތިގެން ވޯޓް ލާން ނުފެށި.
ކަންބޮޑުވުން ފާޅޫކުރައްވާ އީސީގެ ރައީސް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ލަފާކުރެވިފައި ވަނީ މި އިންތިހާބުގައި ވޯޓުލާން ނިކުންނަން މީހުންގެ އަދަދު މަދުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!