ބޭންކުގެ ޕޭމެންޓް ގޭޓްވޭ "އޮޅުން ބޮޅުންވެ"، އެކައުންޓުން ފައިސާ ކެނޑި ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ!
ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމެންޓް ގޭޓްވޭ “އޮޅުން ބޮޅުން” ވެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ އިންތިހާއަށް ބޮޑުވެއްޖެ އެވެ. މޯލްޑިވިއަން މޯބައިލް އެޕް އަދި ވެބްސައިޓް މެދުވެރިކޮން އޮންލައިންކޮށް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، ޓިކެޓް ގަންނައިރު އެކައުންޓުން ފައިސާ ކެނޑި ޓިކެޓް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ އެކުންފުނިންވެސް ވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ. މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓޭއްގައި ބުނެފައިވަނީ، އޮންލައިންކޮށް ޓިކ...