ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއް ހިންގަން ފަށައިފި އެވެ.

މިއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލި ޢިނާޔަތް އިތުރުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ހުށަހަޅާ ޕެޓިޝަނެކެވެ.

Ad
rt

މިޕެޓިޝަންގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނު ނަމްބަރު 8/2010 ގެ 26 ވަނަ މާއްދާއިން ލިބިދޭ -/2000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމުގައި ނުދެކޭކަމަށެވެ.

އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރުވެސް، ކެއިން ބުއިމާއި އުނުއޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައްވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ޙަޔާތެއްފެށި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތަކެއް ޒިންމާތަކެއް އުފުލަން ޖެހިފައިވާ ފަރާތްތަކެއްކަމަށއ ބުނެފައިވެއެވެ.

މީގެ އިތުރުން ދެންތިބި ފަރާތްތަކަކީ ދިރިއުޅުމެއް ފަށަން ބޭނުންވާ، ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގުތަކެއް ފަހިވެފައި ނެތުމުގެ ސަބަބުން، ދިރިއުޅުމެއް ފެށިފައި ނުވާ މީހުންނަށް ވުމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަކީ، ދިރިއުޅުމުގެ މުހުތާދުތައް ނުފުދި މުޖުތަމަޢުން އެކަހެރިވެ ނިކަމެތި ވެފައިވާ ފަރާތްތަކެއްކަމަށެވެ.

މިފަރާތްތަކަށް ގާނޫނުން ލިބިދޭންޖެހޭ އެތަކެއް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން ވަނީ މަހްރޫމްވެފައިވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނީ މަޤުސަދު ހާސިލްކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އަބުރުވެރި ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްކަމަށެވެ.

“މަނިކުފާނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ދާ ފައިސާގެ އިނާޔަތް އިތުރުކުރާނެ ކަމަށް ވެފައިވާ ވައުދު ފުއްދުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ފައިސާގެ އިނާޔަތް މަދުވެގެން -/5000 ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމެވެ.”

މި ޕެޓިޝަންގައި ބުނެފައި ވެއެވެ.

މިޕެޓިޝަން ކުރިއަށް ގެންދަނީ އޮންލައިންކޮށް ގޫގުލް ފޯރމް މެދުވެރިކޮންނެވެ.

ޕެޓިޝަން ލިންކް: