މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުން ހޯދުމަށް އާންމުންގެ ކިބައިން އެދިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ މިދެމީހުން ވައްކަން ކޮށްފައިވަނީ ހެންވޭރު ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެންކަމަށެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ދެމީހުންނަކީ 2021 އޮކްޓޫބަރު 18 ވަނަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުވާ ދެމީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 501639 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައި ވެއެވެ.
ގެއެއްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހޯދަނީhttps://t.co/WeiczMqvY4 pic.twitter.com/m3hvb7fH0f
— Maldives Police (@PoliceMv) November 14, 2021
މިފަދަ ވައްކަމުގެ މައްސަލަތައް މާލޭގައި އާންމުވެފައިވާއިރު މިފަދަ މައްސަލަތައް ތަޙްގީގުކުރުމުގައި ލަސްވަމުންދާތީ އާންމުން އަންނަނީ ކަންބޮޑުބުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!