މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަަޓައިފިއެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މިމުބާރާތުން ރާއްޖެ ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ އެވެ. މިމުބާރާތުގައި ރާއްޖެ ކުޅުނީ ތިންމެޗެވެ.

Ad
rt

މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިމެޗުން މޮޅުވިނަމަ ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. މި ނަތީޖާއާއެކު ސީޝެލްސް އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ރާއްޖެ ވަނީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު މުބާރާތާއި އަލްވަދާއު ކިޔާށެވެ.

އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތިސް ސީޝެލްސް ކުޅުންތެރިއަކަށް ފައުލުކުރުމުން ރަތް ކާޑެއް ދައްކައިފަ އެވެ. އަޑުބަރޭއަށް ރަތްކާޑު ދެއްކީ ކުޅެން ނުކުތްތާ މިނަޓެއް ނުވަނީސްއެވެ. އަޑުބަރޭ ކުޅެން އެރީ އަސަދުﷲގެ ބަދަލުގަ އެވެ.

ބޯ ވިއްސާރައިގެ ތެރެއިން މެޗު ފަށައިގެން ކުޅެންޖެހުމުން، ދެ ޓީމަށް ވެސް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދިޔަ އެވެ.

މި މުބާރާތުގެ ކުރިން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް މިވަނީ ބަލިވެފަ އެވެ.