ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި
މިދުވަސްވަރު ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ. ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، މިއީ ރާޢްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަ މަހާއި ދިމާވެފައިވާ އިރު، ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. މިގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް...