ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް “ގައިޑްލައިން އޮން މެނޭޖްމަންޓް ޓްރާންސްފިއުޝަން ޑިޕެންޑަންޓް ތެލެސީމިއާ އިން މޯލްޑިވްސް” އިފްތިތާހު ކޮށްފި އެވެ.
މި ގައިޑްލައިނަކީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ފޯރުކޮށްދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އާއި ތެލެސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީ.އައި.އެފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވާ ފަރުވާތަކެކެވެ.
ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ތައްޔާރުކޮށްފައިވާ ގައިޑްލައިން އިފްތިތާހު ކޮށްފައިވަނީ ރޭގަ އެވެ.
މި ގައިޑްލައިން ތައްޔާރު ކުރެވިފައިވަނީ ތެލެސީމިއާ ފަރުވާގެ އެންމެ ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. މި ގައިޑްލައިންގެ ސަބަބުން އަތޮޅުތެރޭގައި އަދި މާލޭގައި މަސައްކަތްކުރާ ސިއްޙީ ހިދުމަތްތެރިންނަށް ތެލެސީމިއާ ފަރުވާ ދިނުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މި ގައިޑްލައިންގައި ހިމެނޭ ކަންތައްތައްތަކުގެ ތެރޭގައި ހިމެނެނީ ތެލެސީމިއާ ކުދިންގެ ދަގަނޑުގެ ބައި ދަށްކުރުމަށް ކުރެވޭނެ ކަންކަމާއި ތެލެސީމިއާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!