ހޮވައިގެން ކުޅުދުއްފުއްފުށި ސިޓީއަށް ގެންދިޔަ ފްލެއަރ އެއް، މަގުމެދަށް ގޮވައިފި އެވެ.

މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އެފްލެއަށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މަސްވެރިއަކު ކަނޑުމަތިން ހޮވައިގެން ކަމަށެވެ.

Ad
rt

މަގުމަތިން އެ ފްލެއަރ ހިފައިގެން ދަނިކޮށް މަގުމެދަށް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓް މިރޭ ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. އެސަރަހައްދުގައި އެވަގުތު ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

މީސް މީޑިޔާގައި ދައުރުވާ ވީޑީއޯތަކުން ފެންނަ ގޮތުގައި އެއިގެން ވަރަށް ގަދަޔަށް ދުން އަރާ މަންޒަރު ފެނެއެވެ. މިކަން ހިނގާފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.

Posted by Javed on Sunday, April 3, 2022

ފްލެއަރ އަކީ ކަނޑުމަތީގެ ހާދިސާ ތަކުގައި ހާލުގައި ޖެހިފައިވާކަން އެންގުމަށް ބޭނުންކުރާ އާލާތެކެވެ.

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ރެގިއުލޭޝަންގެ ދަށުން ކަނޑު ދަތުރުކުރާ ބޯޓްފަހަރުގެ ސަލާމަތާ ރައްކާތެރިކަމަށް ބޯޓްގައި ބަހައްޓަންޖެހޭކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފްލެއަރ ފަދަ ގޮވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެމުން އަންނަނީ މިނިސްޓްރީ އޮފް ޑިފެންސް އިންނެވެ.