މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓިރްކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (29 އޭޕްރިލް) މާފަންނުގެ ކަނބާ އައިސާރަނި ހިނގުމާއި، ބުލޫކިޔާ މަގު، މުރަނގަމަގު އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސ...