ހއ. ހޯރަފުށީގައި ޤައުމީ ބޮޑުދިދައެއް ނަގަައި ޤައުމިއްޔަތުގެ ރީތި ނަމޫނާއެއް ދައްކާލައިފި އެވެ.

މި ބޮޑު ދިދަ ނެގުމަށް ހޯރަފުށީ ކައުންސިލް އިދާރާއިން، އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަހްމަދު ނަސީމް، އަދި ހޯރަފުށީދާއިރާގެ އިއްޒަތްތެރި މެމްބަރ އޮނަރަބަލް އަހްމަދު ސަލީމް އެވެ.

އެކައުންސިލުން ވިދާޅުވީ، ދިދަ ނެގިފައިވާ މައިދާނުން ފެންނަ ކޮންމެ މަސައްކަތެއް ހާމަކޮށްދެނީ ހޯރަފުށީގެ މަސައްކަތްތެރި ފަންނުވެރިކަމާއި ހުނަރުވެރިކަމާއި ކުޅަދާނަކަން އަދި މުރާލިކަން ކަމުގަ އެވެ.

”އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ރަށްތަކުން ޤައުމިއްޔަތުގެ މިރީތި ނަމޫނާ ފެނިގެން ދިއުން”

އެކައުންސިލުން ބުނެފައިވެއެވެ.

މިރަސްމިއްޔާތު ފުރިހަމަ ގޮތެއްގައި ގެންދިއުމުގައި ހޯރަފުށީ ޕޮލިހުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްފީފައިވާ، އެމްޕީ އަހްމަދު ސަލީމް، މިނިސްޓްރީއޮފް ހޯމް އެފެއަރޒް، މޯލްޑިވްސް ޕޮލިސް ސަރވިސް، ހޯރަފުށީ ޕޮލިސް، އަލްފާޟިލް އިބްރާހީމް ރަޝީދު، ހުދުރުވާގެ، އަލްފާޟިލް މުޙައްމަދު ނޫރީ އަދި މަދަދުވެރިންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

ހޯރަފުށީގެ މަލަމަތީގައި ނަގާފައިވާ ޤައުމީ ބޮޑު ދިދައިގެ ފަހަތުން ފެންނަމުންދަނީ އިސްލާމީ ވަހުދަތު، އަމަން އަމާންކަމާ ސުލްހަ މަސަލަސްކަމުގެ ބިނާތަކެވެ.