ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު އަށް ތާޢިދު ކުރައްވައިފި އެވެ.
މެންބަރު މޫސާ ސިރާޖު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރުގެ ރިޔާސީރޭހުގައި ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމާފައިވާކަމަށެވެ.
"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން."
މޫސާ ސިރާޖުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިހާރު ހިނގަމުންދާ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އިން އޭނާ ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ޓްވިޓާގައި ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އެއްކަރުދާސް ކުރައްވާފައެވެ.
އެ ސިޓީގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެ ޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އުނިކޮށް ދިނުމަށް އެދޭ ކަމަށެވެ.
ރިޔާސީރޭހުގައި ޑރ. މުއިއްޒު @MMuizzu އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން.
2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން. #IbuNoonGotheh#Muizzu2023 #DrMuizzuSembe2023 pic.twitter.com/1FNs9aVrB4
— Moosa Siraj (@MoosesSiraj) August 21, 2023
މޫސާ ސިރާޖަކީ އެމްޑީޕީ ބައިބައިނުވެ އޮތް އިރު، ރައީސް ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ފަހުން އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ތާއީދު ކުރައްވާފައިވަނީ ރައީސް ސާލިހަށެވެ.
ރައީސް ނަޝީދާއި އީވާގެ އިތުބާރު މައްސަލައިގާ މޫސާ ސިރާޖު، ސޮއި ކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!