ބެސްޓް ބަޑީގެ އައު ފިހާރައެއް މަޖީދީމަގުގައި ހުޅުވައިފި

IMG_3264

ތަފާތު ގިނަ ބާވަތުގެ މުދަލާއެކު މާލޭގެ މަޖީދީ މަގުގައި ބެސްޓް ބަޑީގެ އައު ފިހާރައެއް ހުޅުވައިފިއެވެ.

މިފިހާރަ ހުޅުވާފައިވަނީ މާފަންނުގަ އެވެ. މަޝްހޫރު ފަސޭހަޕޮއިންޓް ކެފޭގެ ތިރީގައި ކަންމައްޗަށް ވާގޮތަށް ހުންނަ މިފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ވަޑާން ސާމާނު، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ބްރޭންޑްގެ ޓޫލްސްވެސް މިފިހާރައިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ބެސްޓް ބަޑީއިން ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެކި ސައިޒުގެ ރަށު ޕިކަޕާއި އެކި ބާވަތްތަކުގެ ބެޓެރީ ވެހިކަލް އާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އެކިޒައިޒްގެ ބައިސްކަލް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ސައިކަލު ޓަޔަރާއި ބެޓަރީ ވެހިކަލް ތަކަށް ބޭނުންވާ ސްޕެއަރ އާއި ހާޑްވެއަރގެ ގިނަ ބާވަތްތަކުގެ އިތުރުން ގޭތެރޭގެ ހިފާގެންގުޅޭ ގިނަ ސާމާނު މިފިހާރައިން ލިބެން ހުންނާނެއެވެ.

ބެސްޓްބަޑީގެ އޮފިޝަލަކު ހާމަކުރިގޮތުގައި މިފިހާރައިން ވިއްކާ ތަކެތީގެ އަގު ނިސްބަތުން ހެޔޮވެފައި ކޮލިޓީ ވާނެއެވެ.

ބެސްޓް ބަޑީ ގެ ފިހާރަތައް މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ ގައިވެސް އަންނަނީ ހިނގަމުންނެވެ.

Look at this post on Facebook https://fb.watch/pejvlZE1ga/?mibextid=K8Wfd2

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އޯޑަރ ކުރެއްވުމަށް 9936915 ފޯނަށް ގުޅުއްވާށެވެ. މާލެ އާއި ކުޅުދުއްފުށީގައިވެސް ބަނދަރުގައި އޮންނަ ބޯޓަށް ނުވަތަ ގެޔަށް ހިލޭ ގެންގޮސް ދިނުމުގެ އިންތިޒާމް ބެސްޓް ބަޑީއިން ހަމަޖައްސައިދޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި