ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އައު އެޑް-އޮންތަކެއް ތަޢާރަފްކޮށްފިއެވެ.

އުރީދޫއިން މި އޮފަރތައް ތަޢާރަފްކޮށްފައިވަނީ އައު އަހަރާ ގުޅުވައިގެންނެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ 31 ޖަނަވަރީ 2025 ގެ ނިޔަލަށެވެ. ކަސްޓަމަރުންނަށް މި އެޑް-އޮންތައް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެއެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން އާާ އަހަރާ ދިމާކޮށް ތައާރަފްކުރި އައު އެޑް-އޮންތަކުގެ ތެރޭގައި ހިމެނެނީ:

1. ޕަވަރސްޕީޑް ޕްރޯ: މި އެޑް-އޮންގައި ހިމެނެނީ އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރުގެ މުއްދަތަށެވެ.

2. ޕަވާސްޕީޑް: މި އެޑް-އޮންގައި ހިމެނެނީ 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރުގެ މުއްދަތަށެވެ.

މީގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން ވަނީ ބޮޑެތި ޑޭޓާއާ އެކު އިތުރު އާ އަހަރުގެ އޮފަރތަކެއްވެސް ތަޢާރަފްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

- 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރިޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
- 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، 5 ދުވަހުގެ މުއްދަތަށް
- ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭންތަކާއެކު 12 މަހަށް، 6 މަހަށް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް