Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,122 Stories
1,508 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ބޮޑު ތިލަދުންމަތިން ފެށިގެން ވ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި
Thiladhunmathi News

ބޮޑު ތިލަދުންމަތިން ފެށިގެން ވ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 07:00 އިން ހެނދުނު 11:00 އަށް ހއ އިން ފެށިގެން ވ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި […]

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ޢަބްދުﷲ ޞާދިޤަށާއި އަޙްމަދު އާދަމަށް
Raajje

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ޢަބްދުﷲ ޞާދިޤަށާއި އަޙްމަދު އާދަމަށް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ޢ.ޢ.ވ)، ހެންވޭރު އާމުލީގެ ޢަބްދުﷲ ޞާދިޤަށާއި ހެންވޭރު ހިކަރި އަޙްމަދު އާދަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އަރުވައިފިއެވެ. މި ދެބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިރޭ ދަރުބާރު ގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ނިޝާނުގެ ޢިއްޒަތަކީ އެމީހެއްގެ ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްޢަޤްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ ޢިއްޒަތެކެވެ. ނިޝާން ޢ...

News

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފި‏

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ފަރާތަކަށް މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރ...

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި
Thiladhunmathi News

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ތިލަދުންމަތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ފަށާ މި ދަތުރުތަކާއެކު ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެއެވެ. ކޮޗިން ދަތުރުތައް ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ...

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތް ހިލޭ ގުޅައިދޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް
Business

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތް ހިލޭ ގުޅައިދޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ހިލޭ ގުޅައިދޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްތައް ދެމުން އަންނަ ދިރާގުން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން ގެ އަށް ފައިބަ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރު ވެސް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ. https://twitter.com/dhiraagu/status/1188772217582080000?s=21 އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ފައިބަ ބްރޯޑްބޭންޑް އިންޓަނެ...

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
Raajje

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަމްބު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫން) އަށް ގެނައި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިމަހުގެ 16 ވީ ބުދަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 54 ވަނަ ޖަލްސާއިންނެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި 3 ވަނަ އިޞްލާޙުގައި ވަނީ އެ ޤާނޫނޫގެ 7 ވަނަ މާއްދާގެ (ނ) […]

Raajje

މުޅި ރާއްޖެ އަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

މުޅި ރާއްޖެ އަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 13:00 އިން ފެށިގެން 11:00 އާއި ހަމައަށެވެ. Kyarr is an impressive cyclone, with a powerful CDO and massive outflow channels pic.twitter.com/c2yqvv6aSu — TCAlert (@WxTca) […]

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަނީ
Thiladhunmathi News

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަން ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ  ގާނޫނުގައި ބުނެފައިވާ ގޮތުން ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހޭ ކަމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ހިމާޔަތ...

ވޭތުވެދިޔަ 7 އަހަރު ހިނގައިދިޔަ ކަންތައްތަކަށް އިންސާފު ހޯދުމަށް ބިލެއް ހުށަހަޅައިފި
Parliament

ވޭތުވެދިޔަ 7 އަހަރު ހިނގައިދިޔަ ކަންތައްތަކަށް އިންސާފު ހޯދުމަށް ބިލެއް ހުށަހަޅައިފި

ވޭތުވެދިޔަ 7 އަހަރު ހިނގައިދިޔަ ކަންތައްތަކަށް އިންސާފު ހޯދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިޤާލީ އިންސާފުގެ ބިލު ހުށަހަޅައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް […]

2020ގެ ބަޖެޓް: 40 ބިލިއަން ރުފިޔާއާއި ގާތްކުރަނީ
Raajje

2020ގެ ބަޖެޓް: 40 ބިލިއަން ރުފިޔާއާއި ގާތްކުރަނީ

2020 އަހަރަށް ލަފާކޮށް، 39.55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެއެވެ. އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ “2020-2022 ފިސްކަލް ސްޓްރެޓެޖީ” ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭއިރު، އަދި އަލަށް ފަށާ މަޝްރޫއުތަކަށް 5.5 […]

ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
Raajje

ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މިގޮތުން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ފާހަގަކޮށްލެވެއެވެ. ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތައް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމާއި ބެހޭގޮތުންނާއި ދެޤައުމުގެ މިގުޅުން ކުރިމަގުގައި އެކިދާއިރާ...

Thiladhunmathi News

ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫން، އެއީ ލައިޓް ހައުސްގެ ބަޔެއް

ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫންކަމަށާއި އެއީ ލައިޓް ހައުސްގެ ބަޔެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ. ލައިޓް ހައުސްއެއްގެ ބައެއް ލައްގާފައިވަނީ ށ. ކޮމަންޑޫގައި ކައިރީގައި ގަލާދޫ ނަމަކަށްކިޔާ ފަޅު ރަށެއްގެ ފަރުމައްޗަށެވެ. މިއަދު ސޯޝަލް މީޑިއާގައި ލެއްގި އެތީގެ ފޮޓޯއާއެކު އެއީ މިސައިލެއްގެ ބައެއް ކަމަށް ބުނެ ވަނީ އެކި ޕްލެޓްފޯމްތަކުގައި ފޮޓޯ ދައުރުކޮށްފައެވެ. Mihaathanah belibelumun lafaa kureveny e’ee light house ehge baeh kamah. Mi etheege boduminugai gaaiygandakah 50 foot hunnaane. Mi m...

ދާއިރާ ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައިފި
Parliament

ދާއިރާ ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރެއްގެ ދާއިރާ ރައްޔިތުންނާ މަޖިލިސް ކުރާ ގޭގައި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު އައިމިނަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންނާ މަޖިލީހުގެ އިދާރާގައި ބައްދަލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި މެންބަރަކު އެކަމަށް އެދުމުން މަޖިލީހުގެ އިދާރާގެ މެމްބާ ސާވިސް ސެކްޝަނުން މެމްބަރުންނަށް އެކަންކަން ހަމ...

އާމިނަތު ނަޝާ ގެއްލިގެން ހޯދަނީ
Raajje

އާމިނަތު ނަޝާ ގެއްލިގެން ހޯދަނީ

އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން  އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަމުން ދަނީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ. މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުއެވެ. ވީމާ އާމިނަތު ނަޝާ ނާޝިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 9631...

Business

ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި

ބަހްރެއިންގެ ގައުމީ އެއާލައިނުން ހަފްތާ އަކު ފަސް ހަފްތާ އަކު ފަސް ފްލައިޓާ އެކު ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި އެވެ. މިއަދު ހެނދުނު 6:25 ގައި ގަލްފް އެއާގެ ފުރަތަމަ ފްލައިޓް ޖެއްސުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ގަލްފް އެއާގެ ފްލައިޓް ކުރޫންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ވަނީ […]