ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫންކަމަށާއި އެއީ ލައިޓް ހައުސްގެ ބަޔެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ލައިޓް ހައުސްއެއްގެ ބައެއް ލައްގާފައިވަނީ ށ. ކޮމަންޑޫގައި ކައިރީގައި ގަލާދޫ ނަމަކަށްކިޔާ ފަޅު ރަށެއްގެ ފަރުމައްޗަށެވެ.

Ad
mooomoo 1

މިއަދު ސޯޝަލް މީޑިއާގައި ލެއްގި އެތީގެ ފޮޓޯއާއެކު އެއީ މިސައިލެއްގެ ބައެއް ކަމަށް ބުނެ ވަނީ އެކި ޕްލެޓްފޯމްތަކުގައި ފޮޓޯ ދައުރުކޮށްފައެވެ.

މިކަމާއިގުޅިގެން ފުލހުންބުނީ މިއަދުގެ ވަގުތެއްގައި ށ. ކޮމަންޑޫ ކައިރި އޮއްނަ ގައްލާދޫ ކިޔާ ފަޅު ރަށުއްގެ ފަރުމައްޗަށް މާސިންގާ އެއްޗެއް ލެއްގި ކަމުގެ މައުލޫމާތު މީސްމީޑިޔާ އިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި މައުލޫމަތު ލިބުމާއިއެކު ފުލުހުން ވަނީ އެސަރަހަށްދަށް ގޮސް ހަރަކާތްތެރިވެފައިކަމަށާއި މިހާތަނަށް ފުލުހުން ބެލިބެލުމުން ބޮޑަށް ލަފާ ކުރެވެނީ އެއީ ލައިޓް ހައުސް އެއްގެ ބައެއް ކަމަށެވެ.

ފުލުހުން އިތުރަށްބުނީ މި އެތީގެ ބޮޑުމިނުގައި ގާތްގަންޑަކަށް 50 ފޫޓް ހުއްނާނެކަމަށާއި މި މައުލޫމަތު ފުލުހުން ވަނީ އެމްއެންޑީއެފްއާއި ހިއްސަކޮށްފައިކަމަށް ބުނެއެވެ.

Ad
df