ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި

EH2scLIU4AAHnED

ބަހްރެއިންގެ ގައުމީ އެއާލައިނުން ހަފްތާ އަކު ފަސް ހަފްތާ އަކު ފަސް ފްލައިޓާ އެކު ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި އެވެ.

މިއަދު ހެނދުނު 6:25 ގައި ގަލްފް އެއާގެ ފުރަތަމަ ފްލައިޓް ޖެއްސުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ގަލްފް އެއާގެ ފްލައިޓް ކުރޫންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯފަރޭޝަންގެ މެނޭޖިނގް ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

މިދަތުރުތަށް ކުރުމަށް ހަމަޖެހިފައިވަނީ  ބަހްރެއިން - މާލެ - ކޮލަންބޯ އަދި ކޮލަންބޯ -މާލެ - ބަޙްރެއިން އަށެވެ. މިދަތުރު ދަތުރުތަކުގައި ބޭނުންކުރާނީ، ގަލްފް އެއާ އިން މުޅިން އަލަށް ގެނައި އެއާބަސް އޭ 320 ނިއޯ މަރުކާގެ ބޯޓެކެވެ. ދެ ހާސް ތޭވީސް ވަނަ އަހަރުގެ ކުރިން ގަލްފް އެއާ އިން ގެނައުމަށް ހަމަޖެހިފައިވާ އެއާބަސް އޭ 320 ނިއޯ މަރުކާގެ 12 ބޯޓުގެ ތެރޭގައި ހިމެނޭ ތިން ވަނަ ބޯޓު އެ އެއާލައިނުގެ ފްލީޓާ ގުޅިފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

ދުނިޔޭގެ 28 ގައުމެއްގެ 50 މަންޒިލަކަށް އުދުހޭ ގަލްފް އެއާ އިން 36 މަތިންދާބޯޓް އޮޕަރޭޓް ކުރެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ބޯއިން 787 ޑްރީމްލައިނާ އާއި އެއާބަސް އޭ 320 ނިއޯ ހިމެނެ އެވެ. ގަލްފް އެއާއަކީ މީގެ 69 އަހަރު ކުރިން 1950 ގައި އުފެއްދި އެއަރލައިނެކެވެ. މިއީ މެދުއިރުމަތީގެ މައި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިން އެކެވެ.

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު 53،000 ފަތުރުވެރިން މެދުއިރުމަތިން ރާއްޖެ އައިސްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މެދުއިރުމަތީގެ ގައުމުތަކުން 42,774 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.9 ޕަސެންޓް އިތުރު އަދަދެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *