ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ހިލޭ ގުޅައިދޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްތައް ދެމުން އަންނަ ދިރާގުން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން ގެ އަށް ފައިބަ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރު ވެސް ހިލޭ ލިބޭނެ އެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ފައިބަ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް މިހާރު އާބާދީގެ 75 ޕަސެންޓަށް ލިބެ އެވެ.