އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަމުން ދަނީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ.

Ad
rt

މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުއެވެ.

ވީމާ އާމިނަތު ނަޝާ ނާޝިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.