މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,122 Stories
1,520 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
Raajje

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެ ބޭފުޅުން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ. އެގޮތަށް ފާސްވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އުފާ ފ...

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރުމަށް ފެނަކައާއި ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރުމަށް ފެނަކައާއި ހަވާލުކޮށްފި

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރުމަށް ފެނަކައާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް 23،396161.00 (ތޭވިސް މިލިއަން ތިން ލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ އެއް ރުފިޔާ) އަށެވެ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެކު ސޮއިކޮށްފިއެވެ. ހދ.ކުޅުދުއްފުށީގައި އިމާރާތް ކުރެވިފައިވާ 4...

50% އާއި ހަމައަށް ޑިސްކައުންޓް ލިބޭ "އެސްޓީއޯ އިޔާ އެންޑް ސޭލް" މިފަހަރުވެސް ބޮޑެތި އިނާމުތަކައް!
Business

50% އާއި ހަމައަށް ޑިސްކައުންޓް ލިބޭ "އެސްޓީއޯ އިޔާ އެންޑް ސޭލް" މިފަހަރުވެސް ބޮޑެތި އިނާމުތަކައް!

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިޔާ އެންޑް ސޭލް އިފްތިތާހު ކޮށްފިއެވެ. އެސްޓީއޯގެ އިޔާ އެންޑް ސޭލް އިފްތިތާހުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިޔަށްގެންދާ މި ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ މުހައްމަދު މުރާދުއެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކ...

ނ. މަނަދޫގައި ބީއެމްއެލްގެ އޭޓީއެމް އަޕްގްރޭޑްކޮށް ސެލްފް ސާވިސް ހިދުމަތް ފަށައިފި
Business

ނ. މަނަދޫގައި ބީއެމްއެލްގެ އޭޓީއެމް އަޕްގްރޭޑްކޮށް ސެލްފް ސާވިސް ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނ. މަނަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ. މަނަދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް ވަނީ އަޕްގްރޭޑްކޮށް، ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދެވޭ ފަދަ އޭޓީއެމް އަކަށް ބަދަލުކޮށްފަ އެވެ. ބީއެމްއެލް އިން ބުނީ، މި ހިދުމަތް މެދުވެރިކޮށް، މަނަދޫގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރު...

ޑރ އަފްރާޝީމްގެ މަރުގެ ޚުލާސާ ރިޕޯޓް މަޖިލީހުގައި މިއަދު އިއްވަނީ
Parliament

ޑރ އަފްރާޝީމްގެ މަރުގެ ޚުލާސާ ރިޕޯޓް މަޖިލީހުގައި މިއަދު އިއްވަނީ

ދިނީ ޢިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެމްބަރ ޑރ. އަފްރާޝީމް ޢަލީ އަވަރާކޮށްލިގޮތާބެހޭ ރިޕޯރޓްގެ ޚުލާސާ ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ. މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގްކުރާ ކޮމިޝަނުން އެކުލާލެއްވި ރިޕޯރޓް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ މުއައްސަސާތަކާ ޙިއްސާކުރައްވައިފައެވެ. ރިޕޯޓު ޙިއްސާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އ...

އެމް.އެން.ޑީ.އެފް. މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސް ހުޅުއްވައިދެއްވައިފި
Raajje

އެމް.އެން.ޑީ.އެފް. މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސް ހުޅުއްވައިދެއްވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެމް.އެން.ޑީ.އެފް. މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އަލަށް ހުޅުވި އެމް.އެން.ޑީ.އެފް. މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރަކީ އެމް.އެން.ޑީ.އެފް.ގެ އޭރިއ...

ހއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް އަފާފު އާއި ހަނާ
Thiladhunmathi News

ހއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް އަފާފު އާއި ހަނާ

ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުގެ މަގާމް ސާނަވީން މަރިޔަމް އަފާފު މުހައްމަދު، މަތީ ސާނަވީން އައިޝަތު ހަނާ ހޯދައިފިއެވެ. އަފާފު ވަނީ ނިމިގެންދިޔަ އަހަރު އޯލެވެލްގެ ގަދަ ދިހައެއްގެ ދިހަ ވަނައިގައި ހިމެނިފައެވެ. އަދި އަތޮޅު ފެންވަރުގައި ބޭއްވި ގުރުއާން މުބާރާތް ތަކުންނާއި ގައުމި ފެންވަރުގައި ގިނަ ވަނަތަކެއް ހޯދާފައެވެ. ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ހއ އަތޮޅު މަދަރުސާގައި 429 ކުދިން ކިޔަވަމުން ދަައިރު ނިމިގެން ދިޔަ […]

މޫސުން ގޯސްވެ ތިލަދުންމަތިން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި
Thiladhunmathi News

މޫސުން ގޯސްވެ ތިލަދުންމަތިން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދަމު 02:00 އިން ފެށިގެން ހެނދުނު 08:00 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި  އިރާއި އިރުދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑި...

ނެއްލައިދޫ ކަނބަލުން ހިންގި "ހެލްޕް ހަސީ" ހަރަކާތަށް ދިހަހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި
Thiladhunmathi News

ނެއްލައިދޫ ކަނބަލުން ހިންގި "ހެލްޕް ހަސީ" ހަރަކާތަށް ދިހަހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ.ކުޅުދުއްފުށި ސޭޑީކޯނަރ ޙަސީނާ ޙަސަން އަށް އެހީތެރިކަން ހޯދުމުގެ ގޮތުން ނެެއްލައިދޫ ކަނބަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ “ހެލްޕް ޙަސީނާ“ ގެ ހަރަކާތަށް ދިހަހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މިއަދު ހަވީރު 4 އިން 6 އަށް ކުރިޔަށްދިޔަ އެހީ ހޯދުމުގެ މި ހަރަކާތުގައި ތަފާތު ކާތަކެތި ވިއްކައިގެންނާއި ބެހެއްޓުނު ފަންޑު ފޮށިން ޖުމްލަ 9772.50ރ (ނުވަހާސް ހަތް ސަތޭކަ ހަތްދިހަ ދެ ރުފިޔާ ފަންސާސް ލާރި) އާއި 73 ޑޮލަރާއެކު ޖުމްލަ […]

ވިސާއާ ނުލާ މޮރޮކޯ އަށް ދެވޭ ގޮތް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

ވިސާއާ ނުލާ މޮރޮކޯ އަށް ދެވޭ ގޮތް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިސާއާ ނުލާ މޮރޮކޯ އަށް ދެވޭ ގޮތް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މިވަގުތު މޮރޮކޯގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. މޮރޮކޯ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރެވެ. Delighted to sign Visa Waiver agreement with the Kingdom of Morocco. This will pave the way for Maldivians […]

ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ
Sports

ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ މިއަދު ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ. މެޗް ފަށައިގެން ރާއްޖެއިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ 32 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ނޫމާން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ފިލިޕީންސަށް ޕެނަލްޓީއެއް ދިނެވެ. ފިލިޕީންސްގެ ޕެޓްރިކް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްފަ އެވެ. ފިލިޕީންސްގެ ފުރަތަމަ ލަނޑު 52 ވަނަ މިނިޓްގައި އެ ޓީމަށް […]

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން ”އާދަމް ސަލީމް ކަޕް“ ޑިސެމްބަރ 10 ގައި ބާއްވަނީ
Thiladhunmathi News

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން ”އާދަމް ސަލީމް ކަޕް“ ޑިސެމްބަރ 10 ގައި ބާއްވަނީ

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ”އާދަމް ސަލީމް ކަޕް“ ފުޓްބޯޅަ މުބާރާތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހެވެ. މި މުބާރާތަކީ ހަނިމާދޫއިން ފާހަގަ ކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެޖަމުޢިއްޔާގެ މެމްބަރު އަލްމަރްޙޫމް އާދަމް ސަލީމުގެ ހަނދާނުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނި...

ނޭކުރެންދޫ ކައުންސިލްގެ ރައީސްކަމަށް ޢަލީ އާދަމް ނައިބުރައީސަކަށް ޒާހިރު އިންތިޚާބުކޮށްފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލްގެ ރައީސްކަމަށް ޢަލީ އާދަމް ނައިބުރައީސަކަށް ޒާހިރު އިންތިޚާބުކޮށްފި

ނޭކުރެންދޫ ކައުންސިލްގެ ރައީސަކަށް އަލްފާޟިލް ޢަލީ އާދަމް އަދި ނާއިބު ރައީސަކަށް އަލްފާޟިލް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފިއެވެ. މި ދެބޭފުޅުން މި މަޤާމްތަކަށް އިންތިޚާބުކޮށްފައިވަނީ ކައުންސިލްގެ ރައީސް ކަމުގެ މަޤާމްގައި ހުންނެވި އަލްފާޟިލް އިބްރާހީމް މައޫޒު ކައުންސިލްގެ މަގާމުން އިސްތިއުފާ ދެއްވުމާގުޅިގެން 13 ނޮވެމްބަރ 2019ގައި  ބޭއްވި ނޭކުރެންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 10 ވަނަ ކުއްލި ޖަލްސާގައެވެ. މިގޮތުން މި ޖަލްސާގައި ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަޤާމަށް ކުރިމަތިލެއްވީ...

ބީއެމްއެލްއިން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
Raajje

ބީއެމްއެލްއިން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބެންކް އޮފް މޯލްޑިވްސްއިން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެެވެ. ބީއެމްއެލްއިން މާލޭގައި ހުޅުވި ފުރަތަމަ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާސު އިސްމާއިލް ވިދާޅުވީ، މިއަންނަ އަހަރުގެ ކުރީކޮޅު ބޭންކްރަޕްސީ ޤާނޫނަކާއި އިންސޮލްވެންސީ ގާނޫނެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށެވެ. މާލީ މައްސަލަތައް ހައްލުކުރުމަށް މިހާރު ކޯޓުތަކުގައި ދިގު މުއްދަތެއް ނަގާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މިފަދ...

ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުޅުދުއްްފުށީގައި ފަށައިފި
Thiladhunmathi News

ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުޅުދުއްްފުށީގައި ފަށައިފި

ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުޅުދުއްްފުށީގައި ފަށައިފި އެވެ. ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުރިޔަށްދާނީ އިއްޔެއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސްގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވ...