ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

AF659578-A2AB-4D03-A4EE-DC0766C49A33

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ މިއަދު ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

މެޗް ފަށައިގެން ރާއްޖެއިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ 32 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ނޫމާން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ފިލިޕީންސަށް ޕެނަލްޓީއެއް ދިނެވެ. ފިލިޕީންސްގެ ޕެޓްރިކް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްފަ އެވެ.

ފިލިޕީންސްގެ ފުރަތަމަ ލަނޑު 52 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އޭރިޔާ ތެރެއަށް ވަދެ ގޯލުގެ މަތީ ދާ ގަނޑަށް އަމާޒުކޮށްލައިގެން އިއާން ރަމްސޭ އެވެ.

މި ލަނޑަށްފަހު ރާއްޖޭގެ ކޯޗް ވަނީ އެއްފަހަރާ ދެ ބަދަލު ގެނެސްފައެވެ. އެގޮތުން އަސަދުﷲ އަބްދުﷲ އާއި ހަމްޒާ މުހައްމަދުގެ ބަދަލުގައި އަލީ އަޝްފާގް އާއި ނާޢިޒް ހަސަން ވަނީ ކުޅެން އަރުވާފަ އެވެ.

މެޗްގެ 68 ވަނަ މިނިޓްގައި ޕިލިޕީންސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗްގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދީފައިވަނީ ނާއިޒް އެވެ.

ކޮލިފައިންގައި ރާއްޖެ އަންނަ އަންގާރަ ދުވަހު މާލޭގައި ނިކުންނާނީ ގުއާމް އާއި ދެކޮޅަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *