ޑރ އަފްރާޝީމްގެ މަރުގެ ޚުލާސާ ރިޕޯޓް މަޖިލީހުގައި މިއަދު އިއްވަނީ

941AE093-50BA-465E-A64B-318DD87F648E

ދިނީ ޢިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެމްބަރ ޑރ. އަފްރާޝީމް ޢަލީ އަވަރާކޮށްލިގޮތާބެހޭ ރިޕޯރޓްގެ ޚުލާސާ ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގްކުރާ ކޮމިޝަނުން އެކުލާލެއްވި ރިޕޯރޓް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ މުއައްސަސާތަކާ ޙިއްސާކުރައްވައިފައެވެ. ރިޕޯޓު ޙިއްސާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އެޓާނީޖެނެރަލް (އޭޖީ)އާއި ކައުންޓަރު ޓެރަރިޒަމް ޔުނިޓްއާއި ފުލުހުންގެ އިދާރާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެވެ.

ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި އަފްރާޝީމްގެ މަރާ، ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަރުގެ ފަހަތުގައި ވަނީ ޑރ އަފްރަޝީމްގެ ވިސްނުންފުޅާ ވަރަށް ދެކޮޅު، ދީނީ ހަރުކަށި މީހުން ކަމަށް ރިޕޯރޓްގައި ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވައިފައިވަނިކޮށް ލީކުވި މައްސަލަ މަރުތައް ތަޙްޤީޤް ކުރާ ކޮމިޝަނުން ބަލަން ފަށައިފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.  ކަމާބެހޭ މުއައްސާތަކާއި އެ ކޮމިޝަންގެ ރިޕޯރޓް ހިއްސާ ކުރިދުވަހު ވަނީ އެ ރިޕޯޓްގައި ހިމެނޭ މުހިންމު ބައެއް މައުލޫމާތުތައް ބައެއް މިޑިއާތަކުން އާއްމުކޮށްފައެވެ.

ޑރ. އަފްރާޝީމް އަވަރާކޮށްލި ގޮތާ ބެހޭ ތަޙްޤީޤްގެ ތަފްޞީލް ރާއްޖެ ވަޑައިގެންނެވުމަށްފަހު ހާމަކުރައްވާނެ ކަމަށް، މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގްކުރާ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދު ވެސްވަނީ މިއަދު ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމް އަވަރާކޮށްލި ގޮތާ ބެހޭ ތަޙްޤީޤްގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ފޮނުއްވިއިރުވެސް ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ސުޢޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެނބުރި ރާއްޖެއަށް ވަޑައިގެން ތަޙްޤީޤުން ހޯދިފައިވާ ކަންކަމުގެ ތަފްޞީލް ހާމަކުރައްވާނެކަމަށް ވަނީ ވިދާޅުވެއެވެ. އޭގެފަހުން އެކޮމިޝަންގެ މަސައްކަތާމެދު ރައްޔިތުންނަށް ގޮތެއް ނިންމެވޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

https://twitter.com/hsuood/status/1195865798528491521?s=21

ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ބަލައި ނުގަންނަ ކަމަށް ޑރ އަފްރާޝީމްގެ އާޢިލާއިން ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *