ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރުމަށް ފެނަކައާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް 23،396161.00 (ތޭވިސް މިލިއަން ތިން ލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ އެއް ރުފިޔާ) އަށެވެ.
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެކު ސޮއިކޮށްފިއެވެ.
ހދ.ކުޅުދުއްފުށީގައި އިމާރާތް ކުރެވިފައިވާ 40 ހައުސިންގް ޔުނިޓް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ފެނަކަާއާއި އެކު ސޮއި ކުރުން pic.twitter.com/3AUI9KEdNV
— Min.of National Planning, Housing & Infrastructure (@MoNPHImv) November 18, 2019
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫޢުގެ އެއްބަސް ވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ހާލިސް ޝަރީފެވެ.
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!