ވިސާއާ ނުލާ މޮރޮކޯ އަށް ދެވޭ ގޮތް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މިވަގުތު މޮރޮކޯގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. މޮރޮކޯ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރެވެ.

Ad
rt

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 އިން ފެށިގެން ކަމަށެވެ. އަދި މިއީ ރާއްޖެ އާއި މޮރޮކޯގެ ގުޅުމަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު މޮރޮކޯ އަށް ވަޑައިގެންފައިވާއިރު މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.