ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި ހަރަމްފުޅަށާއި ނަބަވީ މިސްކިތަށް އަޅުކަމަށް 68 މިލިއަން މީހުން
ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި މައްކާގެ މަސްޖިދުލް ހަރާމްއާއި މަދީނާގެ މަސްޖިދުއްނަބަވީއަށް 68.7 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ހަރަމައިން ޝަރީފައިންގެ ކަންތައްތަކާ ބެހޭ އާންމު އިދާރާއިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 2.1 މިލިއަން މީހުންގެ އިތުރުވުމެކެވެ. އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 30 މިލިއަން މީހުން މަސްޖިދުލް ހަރާމަށް ޒިޔާރަތްކުރިއިރު، އޭގެ ތެރެއިން 94,700 މީހުން ހިޖްރު އިސްމާއީލްގައި ނަމާދުކޮށް...