ބެނިންގެ ސިފައިން ބަޣާވާތްކޮށް ސަރުކާރު ވައްޓާލައިފި
ހުޅަނގު އެފްރިކާގެ ޖުމްހޫރިއްޔާއެއް ކަމުގައިވާ ބެނިންގެ ސަރުކާރު، އެ ގައުމުގެ ސިފައިންގެ ބަޔަކު ހިންގި އަސްކަރީ ބަޣާވާތަކަށް ފަހު ވައްޓާލައިފިކަން، ދައުލަތުގެ ޓީވީ މެދުވެރިކޮށް އިޢުލާނުކޮށްފިއެވެ. މިއީ ހުޅަނގު އެފްރިކާ ސަރަޙައްދުގައި ފަހަކަށް އައިސް އިތުރުވަމުންދާ މިފަދަ އަސްކަރީ ބަޣާވާތްތަކުގެ ތެރެއިން އެންމެ ފަހުން ފެނިގެންދިޔަ ހާދިސާއެވެ. ބަޣާވާތް ހިންގި ސިފައިންގެ ގްރޫޕް ކަމަށްވާ “މިލިޓަރީ ކޮމިޓީ ފޮރ ރިފައުންޑޭޝަން” އިން ވަނީ، އާދިއްތަ ދުވަހު ރައީސްގެ ބާރާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެ...