ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއާއި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް
އީރާނުގެ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމުގައި އިނގިރޭސިވިލާތުން ބައިވެރިނުވާނެ ކަމަށާއި، އެކަމަށް ތާއީދުވެސް ނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ. މިއަދު ބީބީސީ ރޭޑިއޯ ހިމެނޭހެން ދެއްވި އިންޓަވިއުތަކެއްގައި ސްޓާމަރ ވިދާޅުވީ، ކަނޑުގެ މަގު ބަންދުކުރުމަށް ނުވަތަ ބްލޮކޭޑަކަށް އިނގިރޭސިވިލާތުން ތާއީދު ނުކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުން އީރާނާއެކު ކުރާ ހަނގުރާމައެއްގެ ތެރެއަށް ވަންނާކަށް ބޭނުންނުވާ ކަމަށްވެސް ބޮޑ...