އީރާން-އެމެރިކާގެ މަޝްވަރާ މާދަމާ ރަސްމީކޮށް ފަށާނެ: ޕާކިސްތާން
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްގެން މަސައްކަތް ކުރަމުން އަންނަ މުހިންމު މަޝްވަރާތައް ރަސްމީކޮށް މާދަމާ، އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރޭ ދަންވަރު އިޢުލާން ކުރައްވައިފިއެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ބާއްވާ ތާރީޚީ ބައްދަލުވުމެކެވެ. މި މަޝްވަރާތައް ކުރިން ފެށުމަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހުއެވެ. ނަމަވެސް، 48 ގަ...