ޖިންސީ އަނިޔާ ކުރާ ފަރާތްތަކުގެ ބްލެކްލިސްޓަށް އދ. އިން އިސްރާއީލު އިތުރުކޮށްފި
ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ޖިންސީ އަނިޔާ ހިންގާ ފަރާތްތަކުގެ އދ. ގެ އަހަރީ ބްލެކްލިސްޓަށް އިސްރާއީލުގެ ދައުލަތުގެ އިދާރާތައް ރަސްމީކޮށް އިތުރުކޮށްފިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެކުލަވާލެއްވި މި ރިޕޯޓުގައި ވަކިން ހާއްސަކޮށް އިސްރާއީލުގެ ޕްރިޒަން ސާވިސް ހިމަނާފައިވާއިރު، އެ ގައުމުގެ އެހެން ބައެއް އިދާރާތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ދަށަށް ގެނެސްފައެވެ. މި ނިންމުމަކީ ފަލަސްތީނުގެ ހައްޔަރު ކުރެވިފައިވާ މީހުންނަށް ޖަލުތަކާއި، އަސްކަރީ މަރުކަޒުތަކުގައި ޖިންސީ ގޯނާ އާއި އަނިޔާ ކުރާ...