ޙައްޖުވެރިން މިނާ އިން ޢަރަފާތް ބިމަށް
މިއަހަރުގެ މާތްވެތި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ ޙައްޖުވެރިން ތަރުވިޔާ ދުވަސް ހޭދަކުރުމަށްޓަކައި މިނާއަށް ގޮސް ނިމި ޢަރަފާތް ބިމަށް ދަތުރުކުރަމުންދާކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ ކުރިން މިނާއަށް ޙައްޖުވެރިން ވަނުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އިންތިޒާމުވެގެން، ސަލާމަތީ، ޞިއްޙީ އަދި ޚިދުމަތްދޭ އެކި ދާއިރާތަކުގެ ބެލުމުގެ ދަށުންނެވެ. ޙައްޖުވެރިން މިނާގައި ކަނޑައެޅިފައިވާ ފޭލިގެތަކަށް ވަނުމާ ހަ...