Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

އެޕަލްގެ އާ މެކްބުކް އެއަރ އެމް4 ޗިޕްއާއެކު ނެރެފި
International

އެޕަލްގެ އާ މެކްބުކް އެއަރ އެމް4 ޗިޕްއާއެކު ނެރެފި

އެޕަލްގެ އާ މެކްބުކް އެއަރ (2025) އެމް4 ޗިޕްއާއެކު އިންޑިއާގައި ނެރެފިއެވެ. އެޕަލްއިން ބުދަ ދުވަހު އެ ކުންފުނީގެ އެންމެ އާދައިގެ ލެޕްޓޮޕް ކަމުގައިވާ މެކްބުކް އެއަރ ނެރެފައިވާޢިރު، މިއާ މޮޑެލްގައި ހިމެނެނީ 10-ކޯ އެމް4 ޗިޕެވެ. މި ޗިޕަކީ ފާއިތުވި އަހަރު ނެރުނު އައިޕެޑް ޕްރޯ (2024) ގައި ފުރަތަމަ ބޭނުންކުރި ޗިޕެވެ. މެކްބުކް އެއަރ (2025) 13-އިންޗި އަދި 15-އިންޗިގެ ލިކުއިޑް ރެޓިނާ ޑިސްޕްލޭ އޮޕްޝަންތަކާއެކު ލިބެން ހުރެއެވެ. މި ލެޕްޓޮޕްގައި 16ޖީބީ ރޭމް […]

ލޯބީގެ ގުޅުމެއް ބާއްވާތީ ކަމަށްބުނެ އިންޑިއާ މީހަކު އޭނާގެ އަންހެން ދަރިފުޅު މަރާލައިފި
International

ލޯބީގެ ގުޅުމެއް ބާއްވާތީ ކަމަށްބުނެ އިންޑިއާ މީހަކު އޭނާގެ އަންހެން ދަރިފުޅު މަރާލައިފި

ލޯބީގެ ގުޅުމެއް ބާއްވާތީ ކަމަށްބުނެ، އިންޑިއާގެ އަންދުރާ ޕުރަދޭޝްގެ އަނަންތަޕުރުގައި، 55 އަހަރުގެ ބައްޕައަކު އޭނާގެ 20 އަހަރުގެ ދަރިފުޅު މަރާލައިފިއެވެ. އަދި އެކުއްޖާ މަރާލުމަށްފަހު ހަށިގަނޑު އަންދާލާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މާޗް 1 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ކަސަޕުރަމް ރަށުގެ އެކަހެރި ސަރަހައްދެއްގައި އޭނާގެ ދަރިފުޅު ގަހެއްގައި އެލުވައި މަރާލުމަށްފަހު ހަށިގަނޑަށް ޕެޓްރޯލް އަޅައި އަލިފާނ...

ޣައްޒާއަށް އެހީ ވަނުން ހުއްޓުވުމުން ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ކަންބޮޑުވުން
International

ޣައްޒާއަށް އެހީ ވަނުން ހުއްޓުވުމުން ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ކަންބޮޑުވުން

ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވަނުން އިސްރާއީލުން ހުއްޓުވުމުން ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތް ހިމެނޭ (އީ3) އިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި، ވާހަކަދައްކައިގެން ފެށުމަށް ދެފަރާތަށްވެސް ގޮވާލައިފައެވެ. ފްރާންސް، ޖަރުމަނު އަދި ޔޫކޭގެ ޚާރިޖީ ވަޒީރުންގެ ބަޔާނެއްގައި ބުނެފައިވަނީ “ހަމަޖެހުން ދެމެހެއްޓުމާއި، ހުރިހާ ރަހީނުން ދޫކޮށްލުމާއި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދި...

"ޕިކްސެލް ސެންސް" ގެ ނަމުގައި އައު އޭއައި އެސިސްޓެންޓެއް
International

"ޕިކްސެލް ސެންސް" ގެ ނަމުގައި އައު އޭއައި އެސިސްޓެންޓެއް

މިއަހަރުގެ ފަހުކޮޅު ތަޢާރަފުވާނެ ކަމަށް ލަފާކުރެވޭ ގޫގުލްގެ ޕިކްސެލް 10 ސީރީޒް ސްމާޓްފޯނުތަކުގައި “ޕިކްސެލް ސެންސް” ގެ ނަމުގައި އައު އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓެއް ހިމެނޭނެ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ. މި އައު އެސިސްޓެންޓަކީ ފޯނުގައި ހުންނަ އެހެނިހެން ގޫގުލް އެޕްލިކޭޝަންތަކާއެކު މަސައްކަތްކޮށް، ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭނެ އެސިސްޓެންޓެއް ކަމަށް ވެއެވެ. އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓެއްގައި ގޫގުލްގެ މަސްދަރަކާއި ހަވާލާދީ، ކުންފުނިން މި އައު...

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި ނުވަ މަރު
International

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި ނުވަ މަރު

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 9 މީހުން މަރުވެ އެތައްބަޔަކަށް އަނިޔާވެއްޖެ ޕާކިސްތާނުގެ ޚައިބަރ ޕަޚްތުންޚްވާ ސަރަހައްދުގައި ހުރި މިލިޓަރީ ބޭސްއަކަށް އަމާޒުކޮށް އަންގާރަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއެއްގައި، މަދުވެގެން 9 މީހުން މަރުވެ 35 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހަމަލާ ދިނީ ރަމަޟާން މަހުގެ އިފްތާރު ވަގުތު ފަހުންނެވެ. އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިހަމަލާގައި ދެ ބޮން ގޮއްވާލައިފައިވާއިރު، އެ ހަމަލާ ދޭން އައި ބަޔަކު މިލިޓަރީ ބޭސްއަށް ވަދެ، […]

ޣައްޒާގެ ފެނާއި ކަރަންޓު ކަނޑާލަން އިސްރާއީލުން ނިންމައިފި
International

ޣައްޒާގެ ފެނާއި ކަރަންޓު ކަނޑާލަން އިސްރާއީލުން ނިންމައިފި

އިސްރާއީލްގެ ރަހީނުން މިނިވަންކުރުމަށް ހަމާސްއަށް ބާރުއެޅުމުގެ ގޮތުން ކަމަށްބުނެ ޣައްޒާގެ ފެނާއި ކަރަންޓު ކަނޑާލަން އިސްރާއީލުން ނިންމައިފިއެވެ. އިސްރާއީލުގެ ބްރޯޑްކާސްޓަރު 94 އެފްއެމްއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫގެ ތަރުޖަމާން އޯމަރ ދޮސްޓްރީ ބުނީ، “ޙަމާސްއިން އިންކާރުކުރަމުންދާ ވަގުތު ދިގުވެގެންދާ ވަރަކަށް، އިސްރާއީލަށް ލިބޭ ބާރު އިތުރުވެގެންދާނެ” ކަމަށެވެ. އޭނާ އިތުރަށް ބުނީ، “ޙަމާސްއަށް ބާރުއެޅުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުރިކަމަށާއި، އިސްރާއީލުން ހަނގުރާމައަށް އެނބުރި ދިއުމަށް...

މާރސްގެ ރަތްކުލަ އަކީ ފެން ހުރިކަމުގެ އަލާމާތެއް: ދިރާސާ
International

މާރސްގެ ރަތްކުލަ އަކީ ފެން ހުރިކަމުގެ އަލާމާތެއް: ދިރާސާ

މާރސް އިން ފެންނަ ގަދަ ރަތް ކުލަ އަކީ އެ ޕްލެނެޓްގައި ކޮންމެވެސް ދުވަސްވަރެއްގައި ފެން ހުރިކަމުގެ އަލާމާތެއް ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެއެވެ. މިހާތަނަށް ސައިންސް ޢިލްމުވެރިން ޤަބޫލުކޮށްފައިވަނީ މި ރަތް ކުލަ އުފެދިފައިވަނީ އަޔަން އޮކްސައިޑް ނުވަތަ ދަބަރުގެ ސަބަބުންކަމަށެވެ. ނަމަވެސް، އައު ދިރާސާއަކުން ދައްކައިދޭ ގޮތުގައި މާރސްގެ ރަތް ކުލައަކީ އެ ގްރަހައިގެ ތާރީޚުގައި ފެނުގެ ދައުރު ދެނެގަތުމަށް މުހިންމު ހެއްކެކެވެ. “ނެޗަރ” ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާގެ ދަށުން، ބްރައުން ޔުނިވަރސިޓީގެ ޕޯސ...

އުރުދުންއިން އިސްރާއީލަށް އެތެރެވާން އުޅުނު އިންޑިއާ މީހަކު މަރާލައިފި
International

އުރުދުންއިން އިސްރާއީލަށް އެތެރެވާން އުޅުނު އިންޑިއާ މީހަކު މަރާލައިފި

ޤާނޫނާ ޚިލާފަށް އިސްރާއީލަށް އެތެރެވާން މަސައްކަތްކުރި އިންޑިއާގެ ރައްޔިތެއް އުރުދުނުގެ ސިފައިން މަރާލައިފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާގައި މަރުވި މީހާއަކީ ކެރެލާގެ ތުންބާގައި ދިރިއުޅޭ ތޯމަސް ގޭބްރިއެލް ޕެރޭރާ (47) އެވެ. މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އުރުދުނުގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ މިކަމާގުޅިގެން ބަޔާނެއް ނެރެފައެވެ. “ހިތާމަވެރި ޙާލަތެއްގައި އިންޑިއާގެ ރައްޔިތެއް މަރުވެފައިވާކަން އެނގިފައިވޭ” އެކްސް ގައި ނެރުނު އެ ބަޔ...

ކުޑަކުއްޖަކު މަރާލި އިންޑިއާ އަންހެނަކަށް ޔޫއޭއީގައި މަރުގެ އަދަބު ދީފި
International

ކުޑަކުއްޖަކު މަރާލި އިންޑިއާ އަންހެނަކަށް ޔޫއޭއީގައި މަރުގެ އަދަބު ދީފި

ކުޑަކުއްޖަކު މަރާލި މައްސަލައެއްގައި މަރުގެ ހުކުމް އިއްވާފައިވާ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަންހެނަކަށް ޔުނެއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މަރުގެ އަދަބު ދީފިއެވެ. ޝަހުޒާދީ ޚާން ނަމަކަށް ކިޔާ 33 އަހަރުގެ އިންޑިއާ އަންހެނަކު 2025 ފެބްރުއަރީ 15 ވަނަ ދުވަހު ޔޫއޭއީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަރުގެ އަދަބު ދީފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ދިއްލީ ހައިކޯޓަށް ވަނީ މަޢުލޫމާތު ދީފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ބަންޑާ ޑިސްޓްރިކްޓްގެ ޝަހުޒާދީ […]

ގޫގުލް ސާޗުން އަމިއްލަ މަޢުލޫމާތު ނައްތާލުމުގެ ޚިދުމަތް ތަޢާރަފުކޮށްފި
International

ގޫގުލް ސާޗުން އަމިއްލަ މަޢުލޫމާތު ނައްތާލުމުގެ ޚިދުމަތް ތަޢާރަފުކޮށްފި

ގޫގުލްއިން އިންޓަރނެޓް ސާޗް ނަތީޖާތަކުން އަމިއްލަ މަޢުލޫމާތު ނައްތާލުމަށް “ރިޒަލްޓްސް އަބައުޓް ޔޫ” މި ނަމުގައި 2022 ވަނަ އަހަރު ތަޢާރަފުކުރި ފީޗާ އިތުރަށް ތަރައްޤީކޮށް، ފަސޭހަ ބަދަލުތަކަކާއެކު އާންމުންނަށް ފޯރުކޮށްދީފިއެވެ. މި އައު އަޕްޑޭޓާއެކު، މިހާރު ސާޗް ނަތީޖާތަކުގެ ސަފްހާގައި ސީދާ “ރިޒަލްޓްސް އަބައުޓް ޔޫ” ގެ މައިގަނޑު ޚިދުމަތްތައް ހިމަނާފައިވެއެވެ. ސާޗް ނަތީޖާތަކުގައި ފެންނަ ކޮންމެ ލިންކެއްގެ ކައިރީގައިވާ ތިން ޑޮޓްގެ މެނޫގެ ތެރެއިން މި ޚިދުމަތްތަކަށް ވަދެވޭނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށް...

އިންޑިޔާގައި ސުނޯ ފޭބި ހާދިސާގައި މަރުވި މީހުންގެ އަދަދު އަށަކަށް
International

އިންޑިޔާގައި ސުނޯ ފޭބި ހާދިސާގައި މަރުވި މީހުންގެ އަދަދު އަށަކަށް

އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގައި ހުކުރު ދުވަހު ހިނގި ސްނޯ ފޭބުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 8 އަށް އިތުރުވެއްޖެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އިންޑިއާގެ އިސް ފަރާތްތަކުން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ. އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ފަރުމަދަމަތިން ކުއްލިއަކަށް ފޭބި ސުނޯއާއި އައިސްތަކުގެ ދަށުވެ 55 މީހުން ތާށިވި ކަމުގައެވެ. އޭގެ ތެރެއިން 50 މީހުން ސަލާމަތް ކޮށްފައިވާއިރު، 8 މީހަކު މަރުވެފަ...

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައިފި
International

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައިފި

ޣައްޒާގެ ހަނގުރާމައިގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުން ނިމުމަކަށް އައުމާއެކު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން މުޅިން ހުއްޓުވައިފިއެވެ. މިއީ ދެވަނަ ފިޔަވައްސަށް ދިއުމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ނަތަންޔާހޫ އަމުރުކޮށްގެން އިސްރާއީލުން އަޅާފައިވާ ފިޔަވަޅެކެވެ. މީގެ ކުރިން، އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅުނު ހުށަހެޅުމަކަށް އިސްރާއީލުން ތާއީދުކޮށްފައިވެއެވެ. މި ހުށަހެޅުމުގައި ވަނީ ރަމަޟާން މަހާއި ޕާސްއޯވަރ (ޔަހޫދީންގެ އީދު) ދުވަސްވަރު މުއްދަތު އިތުރުކުރުމަށެވެ. މިގ...

ރަޝިޔާއިން އައިއެސްއެސްއަށް ފުރަތަމަ ފަހަރަށް މުދާ އުފުލާ ސްޕޭސްކްރާފްޓް ފޮނުވައިފި
International

ރަޝިޔާއިން އައިއެސްއެސްއަށް ފުރަތަމަ ފަހަރަށް މުދާ އުފުލާ ސްޕޭސްކްރާފްޓް ފޮނުވައިފި

ރަޝިޔާއިން 2025 ވަނަ އަހަރުގެ ފުރަތަމަ ސްޕޭސްކްރާފްޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް (އައިއެސްއެސް) ހުކުރު ދުވަހު ފޮނުވައިފިއެވެ. މިއީ 2025 ވަނަ އަހަރު ޕްރޮގްރެސް އެމްއެސް-30 ސްޕޭސްކްރާފްޓް ފުރަތަމަ ފަހަރަށް ދަތުރުކުރުމާއި، އަދި މި އަހަރު ބައިކޮނޫރު ކޮސްމޮޑްރޯމްއިން ފުރަތަމަ ފަހަރަށް ރޮކެޓެއް ދޫކޮށްލުން ވެސް މެއެވެ، ރޮސްކޮސްމޮސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ސްޕޭސްކްރާފްޓުން އައިއެސްއެސްއަށް 2,599 ކިލޯގްރާމް (5,729 ޕައުންޑް) ގެ މުދާ ގެންދާނެއެވެ. މީގެ ތެރޭގައި އިކުއިޕްމަންޓާއި، އަ...

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ދެވަނަ މަރުޙަލާއަށް ނުދެވި ނިމުމަކަށް
International

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ދެވަނަ މަރުޙަލާއަށް ނުދެވި ނިމުމަކަށް

އިސްރާއީލާއި ހަމާސްގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ފުރަތަމަ މަރުހަލާ އިތުރު އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައިސްފިއެވެ. ހަމާސްއިން ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ މަރުހަލާ އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށާއި، ދެވަނަ މަރުހަލާއަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. މި ދަނޑިވަޅުގައި އިސްރާއީލުގެ މަޝްވަރާ ކުރާ ވަފުދު މިސުރުގެ ވެރިރަށް ގާހިރާއިން އެނބުރި ރަށަށް ދަތުރުކޮށްފައިވާ ކަމަށާއި، ބޮޑުވަޒީރު ބެންޖ...

އިނގިރޭސި ބޮޑުވަޒީރާއި ޒެލެންސްކީ ބައްދަލުކުރައްވައިފި
International

އިނގިރޭސި ބޮޑުވަޒީރާއި ޒެލެންސްކީ ބައްދަލުކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރާއި ބޮޑުވަޒީރު ކީރ ސްޓާމަރ އާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ މިއަދު ލަންޑަނުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ޔޫކްރެއިނާއާ ބެހޭ ގޮތުން ބޭއްވޭ މުހިންމު ސަމިޓެއްގެ ކުރިންނެވެ. ބޮޑުވަޒީރުގެ އޮފީސް ކަމުގައިވާ 10 ޑައުނިންގ ސްޓްރީޓުގައި ބޭއްވުނު މި ބައްދަލުވުމުގައި، އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ސަމިޓުގައި ޔޫރަޕުގެ ގިނަ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ތުރު...