ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެމީހުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ އެދެމީހުން މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށެވެ. އެ އިދާރާ އިން އިތުރަށް ވިދާޅުވީ އެ ދެމީހުން އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. ފުލުހުން އާންމު ކުރައްވާފައިވާ ވީޑިއޯއިން ފެންނަގޮތުގައި ގެއަކުން ދިގު ދަގަނޑު ހޮޅިއެއް ގެއަކުން ނެރެގެން ގެންދާ މަންޒަރު ފެނެއެެވެ....