ޅ. ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

އެރަށުން ވާހަކަ ދެއްވި މީހަކު 'ތިލަދުން' އަށް ބުނީ އެ ހާދިސާ ހިނގީ ރޭ ދަންވަރު ގާތްގަޑަކަށް 3 ނުވަތަ 3:30 ހާއިރު ކަމަށާއި ތިން ލޯންޗު ވެސް އެއްކޮށް އަނދާފައިވާ ކަމަށެވެ.

Ad
rt

އޭނާ ބުނީ ތިން ލޯންޗު އެނދީ، ފުރަތަމަ ރޯވި ލޯންޗުގައި ހިފި އަލިފާންގަނޑު ނިއްވާނުލެވިގެން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށާއި ގަސްދުގައި އަލިފާން ރޯކޮށްލީކަމެއް ނުވަތަ ލޯންޗެއްގެ އިލެކްޓްރިކް ޝޯޓަކުން ރޯވީ ކަމެއް ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަކަަމަށެވެ.