ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް އިބްރާހިމް މުގުރާލައިފިއެވެ.

އޭނާ މި ރެކޯޑު މުގުރާލީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް ހާފް މެރަތަންގައި މިއަދު ވާދަކޮށްނެވެ.

Ad
rt

އޭނާ މި ރެކޯޑް މުގުރާލީ، 1:9:58 (1 ގަޑިއިރާއި ނުވަ މިނެޓް 58 ސިކުންތު) ދުވެގެންނެވެ.

މި ރެކޯޑު ކުރިިން އޮތީ ޝިފާޒު މުހައްމަދު އަތުގައެވެ. ޝިފާޒު މި ރެކޯޑު ގާއިމުކުރީ މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވެ، 1:10:55 ން ރޭސް ނިންމައިގެންނެވެ.

ޔޫސުފަކީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ ކޯޗު ކަމުގެ ދަށުން ތަމްރީނު ހަދަމުން އަންނަ ދުވުންތެރިއެކެވެ.

ނަސްރު ގެ ތަމްރީނުތައް ހަދަމުން އަންނަ ރާއްޖޭގެ ހާފް މެރަތަން އާއި މެރަތަންގެ ރެކޯޑް އޮތް އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ވެސް ގޯލްޑްކޯސްޓްގެ ހާފް މެރަތަންގައި މިއަދު ވަނީ ދުވެފައެވެ.

ހާފު މެރަތަންގެ ރެކޯޑު ޔޫސުފް މުގުރައިލުމުން ސަސްޕެންޝަންގައި މިވަގުތު ހުރި ޝިފާޒު އަތުގައި މިވަގުތު އޮތީ މެރަތަން ރެކޯޑް އެކަންޏެވެ.