Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ފީވަކާއި ފޭދޫ ބަނދަރު ހުޅުއްވައިފި
Thiladhunmathi News

ފީވަކާއި ފޭދޫ ބަނދަރު ހުޅުއްވައިފި

ށ. ފީވަކާއި ފޭދޫ ބަނދަރު، ރައީސް ސާޅިހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. އެ ދެރަށުގެ ބަނަދަރު ރަސްމީކޮށް ހުޅުވައިދެއްވީ އެމަނިކުފާނު އެ އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފީވަކާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ. ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި ބޭރުތޮށި ޖެހުމާއި ރިވެޓްމެން...

ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުވައިފި
Thiladhunmathi News

ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުވައިފި

މިލަދުންމަޑުލު އުތުރުބުރީ، ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި  ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަދި ފެނަކަ އައު އިންޖީނުގެ ރައީސް ސާލިހު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ށ. އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. އެ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި،...

ކޭއާރްއެޗުގައި އެނދުމަތިކުރެވިފައިވާ ފަރާތްތަކުގެ ބޭސް ނެގުމަށް ލުއި ފަސޭހަގޮތެއް!
Thiladhunmathi News

ކޭއާރްއެޗުގައި އެނދުމަތިކުރެވިފައިވާ ފަރާތްތަކުގެ ބޭސް ނެގުމަށް ލުއި ފަސޭހަގޮތެއް!

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗު) ގައި އެނދުމަތިކުރެވިފައިވާ ފަރާތްތަކުގެ ބޭސް ނެގުމަށް ލުއި ފަސޭހަގޮތެއް ހަދައިދީފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލުގައި އެނދުމަތިކުރެވިގެން ފަރުވާ ދެވޭ ފަރާތްތަކުގެ ބޭސްތައް ހަމަކުރުމުގައި ލުއިފަސޭހަ ގޮތެއް ތަޢާރަފުކުރެވިފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކުރިން ބަލިމީހާގެ ބޭސް ސިޓީއަށް އެ ފަރާތްތަކުގެ އެހީތެރިން ބޭސް ހަމަކުރާގޮތަށް ހަމަޖެހިފައި އޮތްނަމަވެސް، އެފަދަ ފަރާތްތަކުގެ ބޭސް ސިޓީއަށް އެ ހޮސްޕިޓަލުން ކަ...

ޔާމީންގެ ކެންޑިޑެންސީ ފޯމް އީސީ އަށް ހުށަހަޅައިފި
Raajje

ޔާމީންގެ ކެންޑިޑެންސީ ފޯމް އީސީ އަށް ހުށަހަޅައިފި

އިދިކޮޅު ޕްރޮގްރސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. މިއަދު ހެނދުނު އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ހަބީބު ވިދާޅުވީ […]

މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުވައިފި
Thiladhunmathi News

މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުވައިފި

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު، މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ. މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓަރފްއަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެެވެ. އަދި ފެނަކަ އައު އޮފީސް ޢިމާރާތަކީ ވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މ...

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ބްރިޖިން ޕްރޮގްރާމް ނިމިއްޖެ
Thiladhunmathi News

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ބްރިޖިން ޕްރޮގްރާމް ނިމިއްޖެ

ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ބްރިޖިން ޕްރޮގްރާމް ނިމިއްޖެއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތި ދެއްވަމުން މި ކޯސް ހިންގުމުގައި އިސްކޮށް އުޅުއްވި އެރަށު ކައުންސިލު މެމްބަރު އަހްމަދު ވަހީދު ވިދާޅުވީ މިއީ އެއް އަހަރުގެ މުއްދަތަށް ހިންގި ކޯހެއް ކަމަށެވެ. މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ކައުންސިލު އިދާރާ އަދި އެރަށު ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކޯސް ހިންގުމުގެ އިދާރީ ކަންކަން […]

މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ދަނީ ބަދަލުވަމުން: ނަސީމް
Raajje

މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ދަނީ ބަދަލުވަމުން: ނަސީމް

މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ބަދަލުވާތަން ފެންނަމުންދާ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މިކަން ކުރިއަށް ގެންދެވިއްޖެނަމަ، އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން ފަރުވާއަށް ފުރުސަތު ލިބިގެންދާނެ ކ...

ނަހަމަގޮތުގައި ދައުލަތުގެ ''ކަރުދާސް އަރިއެއް'' ވެސް ބޭނުން ކޮށްފައި ނުވާނެ: ގާސިމް
Raajje

ނަހަމަގޮތުގައި ދައުލަތުގެ ''ކަރުދާސް އަރިއެއް'' ވެސް ބޭނުން ކޮށްފައި ނުވާނެ: ގާސިމް

ސަރުކާރުގައި އުޅުއްވިއިރު، ނަހަމަގޮތުގައި އެއްވެސް މީހަކަށް މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށާއި، ދައުލަތުގެ ‘’ކަރުދާސް އަރިއެއްހާ’’ މިންވަރުގައި ވެސް ޖެހިފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ޤާސިމްގެ ތަސައްވަރު 2023” ގެ ނަމުގައި މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާއި އެމްއެމްއޭގެ ގަވަރުނަރު...

ފުނަދޫގެ ރައްޔިތުންނަށް އާމުދަނީ ލިބޭ ގޮތަށް ފަރުކޮޅުފުށި ތަރައްގީކުރަނީ
Raajje

ފުނަދޫގެ ރައްޔިތުންނަށް އާމުދަނީ ލިބޭ ގޮތަށް ފަރުކޮޅުފުށި ތަރައްގީކުރަނީ

ށ. ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް އެއަތޮގައި އޮންނަ ފަރުކޮޅުފުށި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީއަށް ކުރެއްވެވި ކެމްޕެއިން ދަތުރުފުޅަށް ފަހު، ށ. އަތޮޅަށް ވަޑައިގެން ފުނަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުނަދޫގެ މަގުތައް ހަދައިދެއް...

ނިގާބު އަޅާ މީހުންނަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް ހެދުން ބަލައެއް ނުގަނެވޭ: ނާޒިމް
Raajje

ނިގާބު އަޅާ މީހުންނަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް ހެދުން ބަލައެއް ނުގަނެވޭ: ނާޒިމް

ނިގާބް އަޅާ މީހުންނަށް ތަޢުލީމް ޙާޞިލުކުރުމަށް ހުރަސްއެޅޭގޮތަށް އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާ އަދާނުކުރެވޭނޭ ގޮތަށް ގަވާއިދުތައް ހެދިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނިގާބް އަޅާ އަންހެނުންނަކީ މި ސަރުކާރުން މާ ބިރުހީވާ […]

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ
Raajje

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތާ މިހާރުވަނީ ދުވަސްކޮޅެއް ވެފައެވެ. އުމުރުފުޅުން 85 އަހަރުގެ ފާތުމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ވެސް މެއެވެ. ފާތިމަތު ހަސަން އަކީ ނ. ވެލިދުއަށް އުފަން...

ފުވައްމުލައް އެއާޕޯޓު ބޮޑުކޮށްދޭނަން: ރައީސް
Raajje

ފުވައްމުލައް އެއާޕޯޓު ބޮޑުކޮށްދޭނަން: ރައީސް

ފުވައްމުލައް ސިޓީ އެއާޕޯޓު އޭޓީއާރު ޖެއްސޭ ވަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް އެ ސިޓީއަށް ކަންކަން ކޮށްދެވޭތޯ ބެލި ކަމަށާއި އެގޮތުން ރައްޔިތުންނަށް ބަނދަރެއް ހަދައިދިނުމަކީ އުފާ ކުރުން ހައްގު ކަ...

އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް  ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “އާސްކް ނާޒިމް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ “ގޭންގް” މިހެން ކިޔާހިތެއް ނުވާ ކަމަށާއި އެފަދަ ކުދިން އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. އަދި […]

ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން
Raajje

ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 12 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށެވެ. މި އިނާމަށް މި ހުށަހެޅުން ލިބިފައިވަނީ އިނާމަށް އެދި ހުށަހެޅުމަށް ހުޅުވާލި ތިން ވަނަ ފުރުސަތުގައެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ ޖ...

މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު "ދަ ޑިމޮކްރެޓްސް" އަށް!
Raajje

މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު "ދަ ޑިމޮކްރެޓްސް" އަށް!

އައްޑޫ ސިޓީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ މުހައްމަދު “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެ ޕާޓީ އަށް ސޮއި ކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައެވެ. ހާލިދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ މިއީ އެ ޕާޓީއަށް […]