އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތާ މިހާރުވަނީ ދުވަސްކޮޅެއް ވެފައެވެ.
އުމުރުފުޅުން 85 އަހަރުގެ ފާތުމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ވެސް މެއެވެ.
ފާތިމަތު ހަސަން އަކީ ނ. ވެލިދުއަށް އުފަން ބޭފުޅެކެވެ.
ޔާމީންގެ މަންމާފުޅު އަވަހާރަވި އިރު ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!