ސީއެސްސީން، ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނާ ބައްދަލުކުރައްވައިފި
ސިޓީ ކައުންސިލްތަކުގެ މޭޔަރުން، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުން، އަދި ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނައި ސިވިލް ސަރވިސް ކޮމިޝަނުން ބައްދަލުކުރައްވައިފި އެވެ. ތިން ދުވަހަށް ބަހާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުންތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް، ނާއިބު ރައީސް، މެންބަރުން އަދި ސީނިއަރ މެނޭޖްމެންޓް ޓީމުގެ ބޭފުޅުން ނެވެ. މި ބައްދަލުވުމުގައި ސިޓީ ކައުންސިލް އިދާރާތަކާއި އަތޮޅު އަދި ރަށު ކައުންސިލް...