ށ. މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން މިލަންދޫ ސްކޫލުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސުކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައި ވާކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލޯގޯއެއް ހުށަހެޅޭނެ ކަމަށެވެ.

Ad
rt

މިގޮތުން އެއްވަނަ އަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް ފައިސާގެ އިނާމެއްގެ އިތުރުން އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް އަރުވާނެ ކަމަށާއި އެ ބޭފުޅެއްގެ ނަން މިލަންދުއާއި އެ ސްކޫލުގެ ތާރީޚުގައި ލިޔެވިގެން ދާނެ ކަމަށެވެ.

ލޯގޯ ތައް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެއްވަނަ ލޯގޯ ހޮވައި އެކަން އިޢުލާނު ކުރާނީ 9 ޖޫން 2022 ވަނަ ދުވަހު މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ޖަލްސާގައެވެ.