އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިރޭ ރަސްމީކޮށް ހިދުމަތަށް ނެރެފި އެވެ. ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން”ގެ ނަން ދީފައިވާ މި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތު މިރޭ އޮތީ ހުޅުމާލެ ޕޯޓުގައެވެ. މި ރަސްމިއްޔާތުގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެން...