ކުމުންދޫ ޔޫތު ސްޕޯރޓްސްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
އެގޮތުން ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅިމުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލް ކޮށްފައިވަނީ އަޝްފާ އަސްލަމެވެ. އަދި ކޭ.ވައި.އެސް މަދަހަ މުބާރާތް 1443 ގެ މުޅި މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލު ކުރި ފާތިމަތު ސުހާނާވަނީ ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅި މުބާރާތުންވެސް ދެވަނަ ހޯދާފައެވެ. ރަންތަރި ޤުރުއާން މުބާރާތުގެ މުޅިމުބާރާތުން ތިންވަނަ ޙާޞިލު ކޮށްފައިވަނީ ނަދާ އިސްހާޤެވެ.
އަދި ކޭ.ވައި.އެސް މަދަހަ މުބާރާތް 1443 ގެ މުޅި މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލު ކޮށްފައި ވަނީ ފާތިމަތު ސުހާނާ އެވެ.
މީގެ އިތުރުން ކޭ.ވައި.އެސް މަދަހަ މުބާރާތް 1443 ގެ މުޅި މުބާރާތުން ހުނޭފާ އަބްދުﷲ ދެވަނަ ހޯދިއިރު، މުޅި މުބާރާތުން ތިންވަނައަށްވެސް ގޮސްފައިވަނީ ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅިމުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލް ކޮށްފައިވާ އަޝްފާ އަސްލަމެވެ.
ކޭ.ވައި.އެސް މަދަހަ މުބާރާތް 1443ގެ ސޯޅައަހަރުން ދަށުގެ ބައިން އެއްވަނަ ހޯދީ ހުނޭފާ އަބްދުاللهއެވެ. މި މުބާރާތުގެ ބާރަ އަހަރުންދަށުގެ ބައިން އެއްވަނަ ހޯދީ ފާތިމަތު ސުހާނާއެވެ. އަދި އަށް އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދީ އައިޝަތު ލީޝާއެވެ. މީގެއިތުރުން މި މުބާރާތުގެ ފަސް އަހަރުންދަށުގެ ބައިން 1ވަނަ ހޯދީ މުހައްމަދު ޒައިކް ބިން ހުސާމެވެ.
ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443ގެ ސޯޅަ އަހަރުން ދަށުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަށްއަޝްފާ އަސްލަމް ދިޔައިރު، ބާރަ އަހަރުންދަށް ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ އަށް އަހްމަދު މިރާހް ޙުސައިން ހޮވުނެވެ.
އަދި ބާރަ އަހަރުންދަށް ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަށް ފާތިމަތު ސުހާނާ ދިޔައިރު، އަށް އަހަރުންދަށް ނުބަލައި ކިޔެވުމުގެ ބައިން އެއްވަނައަށް ދިޔައީ، މަރްޔަމް ޒީން އިސްމާއިލް މައުސޫމްއެވެ. މިބައިން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނައަށް މުހައްމަދު އީސަލް ހަސަން ދިޔައިރު، ފަސް އަހަރުންދަށް ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނައަށް ދިޔައީ މުހައްމަދު ޒައިކް ބިން ހުސާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!