ހއ.ފިއްލަދޫގެ ޒުވާންނުންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ހޮލިޑޭ ކަޕްގެ ނަމުގައި ފިއްލަދޫގައި ކުރިއަށްގެންދާ މި މުބަރާތުގެ މިފަހަރުގެ މީޑިޔާ ޕާރޓްނަރަކަށް ”ތިލަދުން“ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކާ މިމަހުގެ 20 ވަނަދުވަހު ބޭއްވުނު ހަފްލާއެއްގައި އެފަރާތުން ސޮއިކުރެއްވީ މި މުބާރާތް އިންތިޒާމް ކުރާ ފިއްލަދޫ ސްޕޯޓްސް އެކަޑަމީގެ ފަރާތުން އެކުލަބުގެ މުއައްސިސް އަހުމަދު ނަސީމެވެ. ”ތިލަދުން“ ގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ އެޑިޓަރ އިބްރާހިމް އަޝްވާގެވެ.

Ad
rt

މި މުބާރާތަކީ މީގެ 11 އަހަރު އަހަރު ކުރިން ފެށިގެން ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.އެހެން ނަމަވެސް މި މުބާރާތުގެ ބާރަވަނަ މުބާރާތް މިއަހަރު ''ހޮލިޑޭ ކަޕް 2019'' ގެ ނަމުގައި ކުރިއަށް ގެންދާއިރު މި މުބާރާތް ކުރިއަށް ދަނީ އަލަށް ރަޖިސްޓްރީ ކުރެވުނު ފިއްލަދޫ ސްޕޯޓްސް އެކަޑަމީ ގެ ބެލުމުގެ ދަށުން ކަން ފާހަކޮށްލެވެއެވެ.

އަހަރުން އަހަރަށް މި މުބާރާތަށް އަންނަ ކުރިއެރުމާއި އަދި އެހާމެ ހިނަގުންތެރިކަމާއިއެކު މި މުބާރާތް ކުރިޔަށް ގެންދާތީ ރާއްޖޭގެ މަޝްހޫރު ކޯޗް އަލީ ސުޒައިން ވެސް މީގެ ކުރިން ވަނީ އެކަންފާހަކޮށްފައެވެ.

މިމަހުގެ 15 ގެ ނިޔަލަށް ޓީމްތައް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާއިރު މި އަހަރުގެ މުބާރާތުގައި މިވަނީ ޖުމްލަ 5 ޓީމަކުން ބައިވެރިވެފައެވެ. އެގޮތުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވޭ ޑީޖޭ އަމިކޯ، ނިިދިޔަ އަހަރުގެ ޗެމްޕިއަން ޑެޒްލިން ރޮވާސް، އެފްސީ ގޫޕްސް އަދި ފޮލޯމީ ވަނީ މިފަހަރުވެސް މި މުބާރާތުގައި ބައިވެރިވެފައެވެ.މީގެ އިތުރުން މިމުބާރާތުގައި އެފްސީ ލެޖެންޑް ބައިވެރި ވެފައި ވަނީ މުޅިން އަލަށްކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮސަރަކީ އެސްޓީއޯ އެވެ. އަދި ކޯސްޕޮންސަގެ ގޮތުގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ވަނީ ހަމަޖައްސާފައެވެ.

އެ ކުލަބުން ބުނީ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުކަމަށެވެ.