ހދ.ހަނިމާދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި ހަނިމާދޫގައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވައި ރަސްމީކޮށް މި މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.

Ad
rt

މި މަސައްކަތަށް 11.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ފާއިތުވި އަހަރު ފެބްރުއަރީ މަހުއެވެ. މި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭ ނިންމުމަށެވެ.

ހަނިމާދޫގައި މިހާރު ވެސް ހަތަރު މިސްކިތް ހުރެއެވެ. އެއީ އެއާޕޯޓް ސަރަހައްދުގައި އެއް މިސްކިތާއި އަވަށު ސަރަހައްދުގައި ހުންނަ ތިން މިސްކިތެކެވެ. ހަނިމާދޫގައި އެންމެ ފަހުން 700 މީހުންގެ ޖާގައިގެން މިސްކިތެއް ކަމަށްވާ "މަސްޖިދުލް މޫސާ އަލީ" ހުޅުވާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.