ރަށްރަށުގައި "މޯބައިލް ލެބޯރެޓަރީ"ގެ ޚިދުމަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.
ޚިދުމަށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ލެބޯޓްރީ ނެތް ރަށްތަކުން މީހުންގެ ސާމްޕަލް ނަގައި، ލެބޯޓްރީއާއި ހަމައަށް ގެންގޮސްދޭނެ ފަރާތްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
"މޯބައިލް ލެބޯޓްރީ ސަރވިސް"އަކީ ސަރުކާރުގެ ސިއްޙީ ވަަަޢުދުތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޚިދުމަތެކެވެ. މި ޕްރޮގްރާމްގެދަށުން ލެބޯޓްރީގެ ޚިދުމަތް އެންމެ ފުރަތަމަ ގުޅާލާފައި މިވަނީ ލ.އަތޮޅުގެ ރަށްތަކުގައެވެ. "މޯބައިލް ލެބޯޓްރީ ޚިދުމަތް"
ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ޙެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވަހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުއްﷲ އަމީން ވިދާޅުވިީ ރާއްޖޭގެ ދުއިސައްތައެއްހާ ރަށުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ދެވެނީ 90 ރަށުގައިކަމަށެވެ. މި ޚިދުމަތަކީ އަސާސި ޚިދުމަތެއްގެ ގޮތުން ލިބެންޖެހޭ ޚިދުމަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ޚިދުމަތް ރަށްރަށުން ހޯދުމުގައި ބޮޑެތި ދަތިތައ ހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގައިންގަޔަށް ނާރަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ މިންވަރު މިހާރު ހުރީ %84 ގައި ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ބަލިތަކުގެ އަލާމަތްތައް ކުރިއާލާ ދެނެގަނެވި ބަލި މަދުކުރުމަށް ބާރަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޚިދުމަތާއެކު ދުވަހުުން ދުވަހަށް ނަތީޖާ ލިބޭނެ. 1 އަހަރުތެރޭ ހުރިހާ ރަށެއްގައި ފަށާނަން. ރާއްޖެެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ހެދޭނެ އިންތިޒާމްވެސް ކުރިއަށް އޮތްތާންގަ ހަމަޖައްސާނަން."
މިނިސްޓަރ ވިދާޅުވިއެވެ.
"މޯބައިލް ލެބޯރެޓަރީ" ގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމަފައި މިވަނީ ކޮންމެ ރަށެއްގައި ލެބޯރެޓަރީއެއް ހެދުމަކީ ބޮޑު ހަރަދަކަށް ވާތީކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން މި ޚިދުމަތް ފެށުމާއިއެކު ރަށުގައި ހުންނަ ސިއްހީ މަރުކަޒުތަކަށް ސާމްޕަލް ދީގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލޭގެ ޓެސްޓްތައް ހަދަން ފެށޭނެއެވެ. މިހާރު މި ޚިދުމަތް ދެމުން އަންނަނީ ލެބޯރެޓަރީ ހުންނަ 90 ރަށެއްގައި ކަމަށް ހެލްތްމިނިސްޓްރީން މައުލޫމާތު ދެއެވެ.
މޯބައިލް ލެބޯރޓަރީގެ ޚިދުމަތް ލ.އަތޮޅުގައި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އިފްތިތާޙް ކޮށްދެއްވައިފި.@ameenex pic.twitter.com/f9DH5afTMF
— Ministry of Health (@MoHmv) October 20, 2019
މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން ހުރިހާ ރަށަކުން ވެސް ލޭ ނަގައިގެން އާންމުކޮށް ހަދާ ހުރިހާ ޓެސްޓެއް ހެދޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!