މާލެ ސަރަހައްދުގެ ފަސްތަރީގެ އެންމެ ބޮޑު ހޮޓާ 'މަންހަޓަން ގްރޭންޑް' ހުޅުވައިފި
ހުޅުމާލޭގައި އެސްޓީއޯ ސިޓީ ހޮޓާ ހުރި ބިމުގައި ތަރައްގީކުރި މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަސްތަރީގެ ހޮޓާ 'މަންހަޓަން ގްރޭންޑް' ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި އެސްޓީއޯ ސިޓީ ހޮޓާ ހުރި ބިމުގައި ތަރައްގީކުރި މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަސްތަރީގެ ހޮޓާ 'މަންހަޓަން ގްރޭންޑް' ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓަށް މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އެޗްޑީސީން ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ފްލެޓް ބަލަހައްޓަމުންދާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ މައްސަލަ އޭނާ ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒު...
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ. އެ ކޯޕަރޭޝަނުން މިއަދު އިއުލާނުކުރި ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދެނީ އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި...
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް އާންމުންނަށް ބޭނުންކުރަން ހުޅުވާލައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ލިފްޓް ހަރުކޮށް ނިންމާފައިވަނީ H13، H14 އަދި H15 ޓަވަރުގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 15 ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ހިޔާގެ ކޮންމެ ޓަވަރަކަށް އިތު...
ހުޅުމާލޭ މާސްޓަރ ޕްލޭނާ އެއްގޮތަށް، ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، އެޗްޑިސީން ބިންހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެންގި މުއްދަތުގައި ނުނަގާނަމަ، އެ ކޯޕަރޭޝަނުން އަމިއްލައަށް އެ އުޅަނދުތައް ނަގާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފިއެވެ. އެޗްޑިސީން މިކަން ހާމަކޮށްފައިވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދ...
ކަންނެލި މަސްވެރިކަން ތަރައްގީކޮށް، މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލެއިން އެކަމަށް ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި ބިން ޙަވާލުކުރުމަށްޓަކައި މިއަދު އެޗް.ޑީ.ސީގައި ބޭއްވުނު ރަސްމިއްޔާތުގައި، ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފ...
ހދ. ހަނިމާދޫ ގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަންނަ މަހު ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ހަނިމާދޫގެ ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ވި...
ރިޓަޔަރ ކުރިނަމަވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ޚިދުމަތުގައި ދެމިހުންނަން ބޭނުންފުޅުވާކަމަށް އެކުންފުނީޣެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ރޭ ވިދާޅުވީ، އެޗްޑީސީގެ މަގާމާއި ހަވާލުވެވަޑައިގަތީ ސެމީ ރިޓަޔަރމަންޓެއްގައި ހުންނަވަނިކޮށް، ރައީސަކު ރިކުއެސްޓްކުރެއްވުމުން، އެކަމަށް ނޫނެކޭބުނުން ރަނގަޅުގޮތެއްކަމުގައި ނުވާތީކަމަށެވެ. އޭނާ ވިދާޅުވީ، ހަ މަސް ދުވަހުގ...
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ. މި މަގާމަށް ޝަހީރު މިއަދު އައްޔަންކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ބުނެފައެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަންކުރެވުނު އަހުމަދު ނާސިފް، މިދިޔަ މާރިޗް މަހު އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަ...
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން މިއަދު ހެނދުނު އިފްތިތާޙުކޮށްފިއެވެ. ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އާ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށެވެ. މި ޕްލޭންގައި ގިނަ މުހިންމު ބަދަލުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އެއްފަސްކުރުން […]
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި މިހާރު ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް މިމަހު ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ‘ސައިޓް އޭ”ގައި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި “ސައިޓް ބީ”ގައި 13 […]
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ އެޗްޑީސީގެ ޗެއާމަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހޫރު އެމަޤާމުންނާއި އެޗުޑީސީގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޒުހޫރު ވަކިކުރި ވަކި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ. ރައީސް ޔާމީންގެ ސަރުކާރު ގައި މިނިސްޓަރު ކަމާއި ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ޒުހޫރު އެޗްޑީސ...
ތިލަފުށިން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކައި ނިންމާލައިފިއެވެ. އެޗްޑީސީން ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ޖުމްލަކޮށް 120 ހެކްޓަރު ހިއްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ތިލަފުށީގެ […]
ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީގެ ކުރިން އެ ކުންފުނިން ކޮށްފައިވާ އިއުލާނާ އެއްގޮތަށް މިހާރު ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރަޖިސްޓްރީ ބޯޑެއް ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތަކެވެ. ހުޅުމާލޭގައި ގަވައ...
ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލްކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުނީގެ ދެ މުވައްޒަފަކު އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފިއެވެ. އެ ކުންފުނިން ދެ އެމްބެސެޑަރަކު ކަނޑައެޅީ، އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެންނެވެ. އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފައިވަނީ، އާމިނަތު އިރާޝާ އާއި، އަހުމަދު ނަޖީބުއެވެ. މި ދެ މުވައްޒަފުން އެމްބެސަޑަރުންގެ މަގާމަށް އައްޔަން ކުރުމާއެކު މިހާރު އެޗްޑީސީގެ ހޮޓްލައިން 1516...