ށ. ފޭދޫ ފުޓުބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ.
އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން މިފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު 12:30 އަށް ވެލާނާގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައަޅަން ޖެހެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެދަނޑުގެ ސަބްބޭސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އެމިނިސްޓްރީއިން ވަނީ އިއުލާން ކޮށްފައެވެ.
މި މަސައްކަތްތަކަށް އިއުލާންކޮށްފައި މި ވަނީ، މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގައި ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ދެއްވާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ޔޫތު މިނިސްޓްރީން ވަނީ ފޭދޫގެ އިތުރުން އިތުރު ބައެއް ރަށްރަށުގެ ފުޓުބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ވެސް ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!