ހއ. ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަން ރަޖިސްޓަރީ ކޮށްފިއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ދިއްދޫއަށް އެކިއެކި އެހީތެރިކަން ފޯރުކޮށް ދެއްވަމުންއައި އެ ފައުންޑޭޝަން ރަސްމީކޮށް ރަޖިސްޓަރީ ކޮށްފައި ވަނީ 05 ޖަނަވަރީ 2022 ގައެވެ.
ދިއްގާ ފައުނޑޭޝަން ނިސްބަތްވަނީ ދިއްދޫ ދިއްގާގަސްދޮށުގެއަށެވެ. އެ އާއިލާގެ އަހްމަދު އަލީ (ކާފަ) އަދި ފާތިމަތު އާދަމް (މާމަ) ނިޔާވުމާއި ގުޅިގެން އެ އާއިލާގެ މެމްބަރުން މިވަނީ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުން ޚިދުމަތް ކުރުމުގެ ނިޔަތުގައި ދިއްގާ ފައުންޑޭޝަންގެ ނަމުގައު ފައުންޑޭޝަނެއް ރަޖިސްޓަރީ ކޮށްފައެވެ.
މި ފައުންޑޭޝަންގެ ބޯޑުގެ މަޤާމްތަކަށް މިހާރު މެމްބަރުން ހަމަޖައްސާފައިވާއިރު، ހުރިހާ މަޤާމެއްގައި ވެސް މިވަގުތު ތިއްބަވަނީ އެ އާއިލާގެ މެމްބަރުންނެވެ.
ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި
މިވަގުތު ބޯޑުގެ ޗެއާޕާޝަންއަކީ އަލީ ޝައުކަތެވެ. ވައިސް ޗެއާޕާޝަންގެ މަޤާމަށް މުޙައްމަދު ތައުފީޤު ހަމަޖައްސާފައިވާއިރު، ފައިނޭންސް އޮފިސަރަކަށް ހަމަޖައްސާފައި ވަނީ އަހްމަދު ނާޒިމެވެ. ނާޒިމްގެ އެސިސްޓެންޓަކީ އަހްމަދު ނަސީރެވެ. އެޑްމިން އޮފިސރަކަށް މުޙައްމަދު ތައުފީޤް ހަމަޖައްސާފައިވާއިރު، ތައުފީޤުގެ އެސިސްޓެންޓަކީ އިބްރާހީމް ސޮފްވަތެވެ.
ޖެނެރަލް ސެކެއްޓްރީއަކަށް އަޙްމަދު ތޮލްހަތު ހަމަޖައްސާފައިވާއިރު، ތޮލްހަތުގެ އެސިސްޓެންޓަކަށް ހަމަޖައްސާފައި ވަނީ އާޒިމް މުޙައްމަދެވެ. ސޯސަލް މީޑީއާ ކޯޑިނޭޓަރަކަށް މުޙައްމަދު ޖައިލަމް ހަމަޖައްސާފައިވާއިރު، ސްޕޯކްސް ޕާޝަންއަކީ މަރިޔަމް ޝަފާޒާއެވެ.
ދިއްގާ ފައުންޑޭޝަންއިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީއެއް!
ދިއްޤާ ފައުންޑޭޝަންގެ ޗެއާޕާޝަން އަލީ ޝައުކަތު "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އެ ފައުންޑޭޝަންގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހަމަ ކޮންމެ ބޭފުޅަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ފައުންޑޭޝަންގެ މި އަހަރުގެ ޕްލޭން މިހާރު އެކުލަވާލެވިފައިވާ ކަމަށާއި މަސައްކަތްތައް ކުރިއަށްދާ ވަރަކަށް އެކަންކަން ހާމަ ކުރަމުންދާނެ ކަމަށެވެ.
ދިއްގާ ފައުންޑޭޝަންގެ ފަރާތުން ފާއިތު އަހަރުގެ ތެރޭގައި ދިއްދޫއަށް ކޮށްފައިވާ ފާހަގަ ކޮށްލެވޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދިއްދޫ ކައުންސިލުގެ ނުވަވަނަ ޤުރުއާން މުބާރާތުގެ އިނާމްދިނުމުގެ ޖަލްސާއަށް، އެ ފައުންޑޭޝަންގެ ފަރާތުން ދިހަހާސް ރުފިޔާ ހަދިޔާ ކުރުން ހިމެނެއެވެ.
ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތަށް ދިއްގާ ފައުންޑޭޝަނުން 10 ހާސް ރުފިޔާ ހަދިޔާކޮށްފި
އަދި ފާއިތުވި އަހަރު މެއި މަހު ދިއްދޫގައި ކޯވިޑްގެ ހާލަތު ގޯސްވެ އެ ރަށް މޮނީޓަރިންނަށް ލައި، 250 ގޭބިސީ ކަރަންޓީން ކުރެވުނު ވަގުތު، އެ ރަށު މިޑްލް ސްޕޯޓްސް ކުލަބާއި ގުޅިގެން އެ ފައުންޑޭޝަނުން ވަނީ އެ ހުރިހާ ގެއަކަށް ކެއާ ޕެކޭޖް ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!