ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ.
ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު ވެސް ވަނީ އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފައެވެ.
މި ހަތަރު ބޭފުޅުން ވެސް ޕީޕީއެމަށް ސޮއިކުރުމަށްފަހު ފޯމް ހަވާލުކޮށްފައި ވަނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދު ﷲ ޔާމީން އަބުދުލްޤައްޔޫމާއެވެ.
މި ބޭފުޅުން ޖޭޕީ ދޫކޮށް، ޕީޕީއެމާއި ގުޅިފައި މި ވަނީ އިދިކޮޅު ކޯލިޝަނުން ފުނަދޫއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
ކައުންސިލް މެންބަރު ޒުލްފާ ޕީޕީއެމާ ގުޅުމުން ފުނަދޫ ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ޕީޕީއެމަށް ލިބުނީއެވެ. ބާކީ ގޮނޑި ތަމްސީލް ކުރަށްވަނީ މިނިވަން މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!