ށ.ކަނޑިތީމުގައި ހުންނަ އެއަތޮޅު، އަތޮޅު މަދަރުސާގެ 05 ކްލާސްރޫމް ޢިމާރާތުގެ ޕާޓިޝަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެގޮތުން އެމަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތާއި ޙަވާލުވުމަށް 07 އޮކްޓޫބަރ 2019 އިން 13 އޮކްޓޫބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް އެއިދާރާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޫބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ށް އެމަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުމަށް އެސުކޫލުގެ އިޢުލާނުގައި ވަނީ ބުނެފައެވެ.

Ad
rt

މީގެ އިތުރުން މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން 07 އޮކްޓޫބަރ 2019 ފެށިގެން 13 އޮކްޓޫބަރ 2019 ވާ އާދީއްތަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮޖެކްޓްގެ ބީލަމަށް ނަންނޯޓް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނެތްކަމަށާއި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.

އިތުރު މަޢުލޫމާތު ށ.އަތޮޅު މަދަރުސާގެ ނަމްބަރ 6540059 އަށް ގުޅުއްވައިގެން ނުވަތަ އެފަރާތުގެ އީ-މެއިލް އެޑްރެހުން ލިބެން ހުންނާނެކަމަށް އެފަރާތުންގެ އިޢުލާނުގައި ވަނީ ބުނެފައެވެ.