ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އިން ރިސޯޓްތަކަށް ވިއްކައިދޭން ނިންމައފިއެވެ.

ކްރޮސްރޯޑް މޯލްޑިވްސް- އެނބޫދޫ ފަޅުގައި މިހާރު ކުރިއަށް ގެންދާ "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސު" ގައި އެސްޓީއޯ އިން ވަނީ އެ ކުންފުނިން ދިވެހި ދަނޑުވެރިކަަން ކުރިއަރުވަން ހާއްސަކޮށް އެ ކުންފުނީގެ މަޝްރޫއުގެ މައުލޫމާތު ދީފަ އެވެ.

Ad
d

އެމްޑީ ވިދާޅުވި ގޮތުގައި އެ ކުންފުނިން އަލަށް ފަށަން ތައްޔާރުވާ މަސައްކަތްތަކީ ދަނޑުވެރިކަމަށް އެހީތެރިވެ ދިނުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަމުގެ ސާމާނު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ތަންތަނަށް ގެނެސް ދިނުމުން ރިސޯޓުތަކަށް މާކެޓުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"އެސްޓީއޯއާ ހަމަ އަށް ގެނެސް ދިނުމުން އުފެއްދުންތައް ޕެކްކޮށް ރިސޯޓުތަކާ ހަމައަށް ގެނެސްދޭނެ. މީގައި އެސްޓީއޯ އިން ޔަގީންކަން ދޭނަން އޭގެ ކޮލިޓީ އަށް،"

އަމްރު ވިދާޅުވި އެވެ.

މި މަޝްރޫއު ފެށުމުގެ ގޮތުން ފުރަތަމަ ފުރަތަމަ ވިއްކުމުގައި އެހީތެރިވެދޭނީ އއ. ތޮއްޑޫގައި އުފެއްދާ ބާވަތްތަކެވެ.

Ad
df

ކްރޮސްރޯޑުގައި މިހާރު ކުރިއަށް ގެންދާ ޓޫރިޒަމް ކޮންފަރެންސުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކެއް ބައިވެރިވެއެވެ.