ނަފްރަތަށް ވަނީ ވަކި ބައެއްގެ ވަހާކަ ދެއްކީމާތޯ ސައިޙް ސަމީރު ސުވާލު އުފައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައި ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައި ވާތީ ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށާފައެވެ.
ހައްދު ފަހަނަ އަޅާފައި ވާ ބައެއްގެ ގޮތުގައި ދީނީ އިލްމުވެރިންގެ އެތަށް ބައެއްގެ ނަމާއި ޕޮޓޯ ޖަހައި، ރިޕޯޓްތައް އާއްމު ކުރަމުން ދާއިރު، އެކަން އެއީ ނަފްރަތު އުފެއްދުން ކަމަށް ނުވަނީ ބާ؟ ނަފްރަތަށް ވަނީ ވަކި ބައެއްގެ ވަހާކަ ދެއްކީމާ ބާ؟
ސައިޙް ސަމީރު މިއަދު ކުރެއްވި ޓުވިޓެއްގައި ސުވާލު އުފައްދާފައިވެއެވެ.
އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ
އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.
Haddhu fahana alhaafai vaa baegge gothugai Dheenee ilmuveringe ethah baegge namaai photo jahai ,report thah aammu kuramun dhaairu, ekan ey nafrathu ufeddhun kamah nuvanee baa?
nafrathah vanee Vaki Baegge vahaaka dhekkeemaa baa?— Ahmed Sameer (@Ahmadhsameer) October 3, 2019
އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ވަނީ މިއަދު ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!